ކުޅިވަރު

މިއީ ވެންގާގެ އެންމެ ދަށް ސީޒަން

ރޭ މެންޗެސްޓާ ސިޓީ އަތުން 3-0 ބަލިވެ، އާސެނަލްގައި އެ ޓީމުގެ ކޯޗު އާސެން ވެންގާ އަށް އެންމެ ދަށް ނަތީޖާތައް ނެރެވޭ ސީޒަނަކަށް މި ސީޒަން ވެއްޖެ އެވެ.

ސިޓީ އަތުން ޕޮއިންޓެއް ނުލިބުމުން އާސެނަ؛ލްއަށް ޖެހުނީ އެޓީމުގެ މަގާމުގައި އޮތް ގޮތަށް އޮންނާށެވެ. އަށާވިސް މެޗުގެ ތެރެއިން އާސެނަލް އަށް މޮޅު ވެވުނީ 13 މެޗުންނެވެ. މަޝްހޫރު އީއެސްޕީން އިން ބުނެފައި ވަނީ މޮޅުވުމުގެ ރޭޓްގައި އާސެނަލް އުޅޭނީ ވެންގާގެ ވޭތުވެދިޔަ ހުރިހާ ސީޒަނަކަށް ވުރެ ދަށުގައި ކަމަށެވެ.

އާސެނަލްގައި ވެންގާގެ ފުރަތަމަ ސީޒަން 1996-1997 ސީޒަންގައި ވެންގާ ވަނީ ލީގްގެ ދެބައި ކުޅަ އެއްބައި މެޗުތަކުން މޮޅުވެފަ އެވެ.

އާސެނަލްގައި ހަ ވަނައިގައި ނިންމާލައިފިނަމަ އެ ވެގެންދާނީ ވެންގާގެ ދައުރުގައި އާސެނަލް އެހާ ދަށުގައި އޮވެގެން ނިންމާ ފުރަތަމަ ސީޒަނަށެވެ. މިދިޔަ ސީޒަންގައި ފަސް ވަނައިގައި ނިންމާލުމަކީ ވެންގާގެ ދައުރުގައި ގަދަ ހަތަރަކުން އާސެނަލް ކެޓި ފުރަތަމަ ސީޒަނެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި އެ ޓީމު ކޮޅަށް ސިޓީގެ ލަނޑުތައް ކާމިޔާބު ކުރީ ބެނާޑޯ ސިލްވާ އާއި ޑޭވިޑް ސިލްވާގެ އިތުރުން ލިރޮއީ ސަނޭ އެވެ. މިއީ ޖެހިޖެހިގެން 3-0 ގެ ނަތީޖާ އަކުން އާސެނަލް ސިޓީ އަތުން ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ އާދިއްތަ ދުވަހު ލީގް ކަޕް ފައިނަލުގައިވެސް ސިޓީ އަތުން އާސެނަލް ބަލިވީ ހަމަ މި ނަތީޖާއިންނެވެ.