ކުޅިވަރު

ޕީއެސްޖީއަކީ ނޭމާ ރެއާލަށް ދިއުމަށް ހުޅުވޭ ދޮރު

ބާސެލޯނާ ދޫކޮށް ބްރެޒިލްގެ ނޭމާ ޖޫނިއާ، ޕީއެސްޖީ އަށް ބަދަލުވުމަކީ އޭނާ ރެއާލް މެޑްރިޑަަށް ބަދަލު ވުމަށް ހުޅުވުނު ދޮރެއް ކަމަށް ބާސެލޯނާގެ ކުރީގެ ރައީސް ހުއާން ލަޕޯޓާ ބުނެފި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނޭމާ ބާސެލޯނާ ބަދަލުވުމުގެ ކުރިން ނޭމާ ގެންދިއުމަށް ރެއާލް މެޑްރިޑުން ވެސް ހުށަހެޅި އެވެ. ނަމަވެސް ނޭމާ ބާސާ އަށް ދިޔައީ ކޮންޓްރެކްޓްގެ ބޭރުން އިތުރު އަގެއް އޭނާ އަށް ހުށަހެޅުމުންނެވެ.

ބާސާގެ މިހާރު މިދެކޭ ރަން ޒަމާން އެ ޓީމަށް ގެނެސް ދިނީ ހުއާން ލަޕޯޓާ އެވެ. އޭނާގެ ކުރިން ބާސާ އޮތީ ވަރަށް ބޮޑަށް ދަރަނި ވެރިވެފަ އެވެ. ހިންގުމުގެ ނިޒާމުގައި ދޯދިޔާ ކަމަވެ. އޭނާ ހަވާލުވި ސީޒަންގައި ޗެމްޕިއަންސް ލީގްގެ ޖަގަވެސް ބާސާއަށް ލިބިފަ އެއް ނެތެވެ. އޭނާ އައިސް ބާސާ ޔޫރަޕްގެ ވަރުގަދަ ބާރަކަށް ހެދި އެވެ.

އޭނާ ބުނީ ޕީއެސްޖީއަކީ ނޭމާ ރެއާލް މެޑްރިޑަށް ސޮއި ކުރަން ކުރިއަށް އެޅި ފިޔަވަޅެއް ކަމަށެވެ.

"އޭނާ ނެގި ފިޔަވަޅަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދަން ބޭނުން ވެގެން ނެގި ފިޔަވަޅެއް،" އެކަން ކުރެވޭނީ އޭނާ ބަދަލުވާ ޓީމެއްގެ އެންމެ މުުހިންމު ތަރިއަކަށް އޭނާ އަށް ވެވިގެން."

ލަޕޯޓާ ބުނީ ނޭމާ އަށް އިންޖަރީ ވުމަކީ އޭނާ ކަންބޮޑުވި ކަމެއް ކަމަށާއި ނޭމާ އަކީ ޕީއެސްޖީގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށެވެ.

"އަހަރެމެން އޭނާ މަތިން ވަރަށް މިސް ވާނެ ޕީއެސްޖީ އިން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި، އެއީ ޕީއެސްޖީއަށް އެބަ ބޭނުވޭ 3-1 ނަތީޖާ އިން އަރައި ގަންނަން."