ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ލޮލަށް ބޭސް އެޅުން ހުއްޓާލައިފި

Mar 3, 2018
2

ޖަލުގައި ހުކުމް ތަނަފީޒު ކުރަމުން އަންނަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ލޮލަށް އަޅަމުން އައި ބޭސް އެޅުން ހުއްޓާލާފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ބޭސް އެޅުން ހުއްޓާލި ކަމަށް ބުނާއިރު އޭނާގެ ލޮލަށް ގުލަކޯމާ ޖެހިފައިވާ ކަމަށް ވަކީލުންގެ ފަރާތުން ވަނީ ބުނެފައެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ހޯދުމަށް ވެސް ހުށަހަޅާފައިވެއެވެ.

އަދީބުގެ އަންހެނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އަދީބު މާފުށީ ޖަލަށް ބަދަލު ކުރި ފަހުން އޭނާގެ ލޮލަށް ބޭސް އެޅުން ކަރެކްޝަނުން ހުއްޓާލާފައިވާ ކަމަށެވެ. އެކަމާ ކަންބޮޑުވެ އޭނާ ވަނީ ސުވާލުތަކެއް ވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން އެއްޗެއް ބުނެފައެއް ނުވެއެވެ.