ހަބަރު

ގާސިމް ހުންނެވީ "އަމާން" ދެއްވައިގެން: އަދުރޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ އިދިކޮޅު ހަރަކާތްތަކުން "އަމާން ދެއްވައިގެން" ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ހުރިހާ ލީޑަރުން ވެގެން ގާސިމް ހަލާކު ކުރަން އުޅޭކަން ޔަގީންވި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އިދިކޮޅު މަސައްކަތުގައި އުޅެން ބޭނުން ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ތިމަންނަގެ ދުވަސް ދިޔައީއޭ ތިމަންނަގެ ދަރިންނާއި ވިޔަފާރީގެ ދުވަސް ދިޔައީއޭ، ތިމަންނައަށްވާ ފައިދާއެއް ނެތޭ، އަދި ރިޔާަސީ ޓިކެޓް ވެސް އޮތީ ޕާޓީއަށް ލިބޭ ގޮތަކަށް ނޫން ކަމަށް ބުނެ އެކަހަލަ ވާހަކަތަކެއް ގާސިމް ދައްކައިފި ކަމަށް އަޅުގަނޑުމެންނަށް ދެންމެ މައުލޫމާތު ލިބުނު،" އަބްދުއްރަހީމް ވިދާޅުވި އެވެ.