ހޮލީވުޑްގެ އެންމެ ބޮޑު އެވޯޑް ހަފްލާ އޮސްކާ އެވޯޑު 2018، އައިސް ޓީވީ އިން ލައިވްކުރަން ނިންމައިފި އެވެ. މިއީ ދިވެހި ޗެނަލަކުން އޮސްކާ ލައިވްކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.
މިއަހަރުގެ އޮސްކާ އެވޯޑުތަކަށް ތަފާތު ވަރުގަދަ ފިލްމުތަކެއް ނޮމިނޭޓުވެފައިވެ އެވެ. އެވޯޑުތަށް ކާމިޔާބު ކުރާނީ ކޮން ފަރާތެއްތޯ އާއިމެދު ތަފާތު ލާފަކުރުންތަށް މިހާރު އުޅޭއިރު، އެހެން ފަަހަރުތަކަށްވުރެ މިފަހަރު ވާދަވެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. ޖުމްލަ 13 ކެޓަގަރީއަކުން ނޮމިނޭޓުވެ، އެންމެ ކުރީގައި އޮތީ ފިލްމު "ދަ ޝޭޕް އޮފް ވޯޓާ" އެވެ.
"އަލަށް ދިވެހި ޗެނަލަކުން އޮސްކާ މި ލައިވް ކުރަނީ،" އައިސް ޓީވީން ބުންޏެވެ. އައިސް ޓީވީ އިން އީޕީއެލް ފުޓްބޯލް ލީގު ވެސް ގެނެސްދެމުންނެވެ. މިއީ ދިވެހި ޗެނަލަކުން ބޮޑު ފުޓްބޯޅަ ލީގެއް ގެނެސްދޭ ފުރަތަމަ ފަހަރުވެސްމެ އެވެ.
އޮސްކާ ދެމުން އަންނަތާ މިއަހަރު 90 އަހަރު ފުރޭއިރު އެ ހަފްލާގައި ހާއްސަ ގިނަ ކަންތައްތަކެއް ވެސް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ. އޮސްކާ މިފަހަރުވެސް ޑޮލްބީ ތިއޭޓާގައި ބާއްވާއިރު، މިފަހަރުގެ ޝޯވެސް ހޮސްޓު ކޮށްދެނީ ހަމަ މިދިޔަ އަހަރުގެ ޝޯ ހޮސްޓުކޮށްދިން ޖިމީ ކިމެލް އެވެ.
މި ހަފްލާގައިވެސް މިހާރު ހޮލީވުޑް އެވޯޑު ހަފުލާތަކުގައި ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް ކުރިއަށް ގެންދާ #މީޓޫ ކެމްޕެއިންގެ ބައެއް ހަރަކާތްތައް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ. ތަރިންގެ ރެޑް ކާޕެޓަށް އިންތިޒާރު ކުރެވޭއިރު އޮސްކާއަށް ވެސް ތަރިން މިފަހަަރު އަންނާނީ ހުސް ކަޅު ހެދުމުގައިތޯ މިހާރު ވެސް ސުވާލުކުރެވެމުންދެ އެވެ.
މިއަހަރުގެ އޮސްކާ އެވޯޑުތަކަށް ތަފާތު ވަރުގަދަ ފިލްމުތަކެއް ނޮމިނޭޓުވެފައިވެ އެވެ. އެވޯޑުތަށް ކާމިޔާބު ކުރާނީ ކޮން ފަރާތެއްތޯ އާއިމެދު ތަފާތު ލާފަކުރުންތަށް މިހާރު އުޅޭއިރު، އެހެން ފަަހަރުތަކަށްވުރެ މިފަހަރު ވާދަވެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. ޖުމްލަ 13 ކެޓަގަރީއަކުން ނޮމިނޭޓުވެ، އެންމެ ކުރީގައި އޮތީ ފިލްމު "ދަ ޝޭޕް އޮފް ވޯޓާ" އެވެ.
ކޮންމެ އަހަރަކުވެސް ސިޔާސީ ވާހަކަތައް ދެކެވޭ މި ހަފްލާގައި މިފަހަރުވެސް އެކަން އޮންނާ ކަމަށް ބެލެވެ އެވެ. ސްޓޭޖް ހުށަހެޅުންތަކަށް ބަލާއިރު، މިފަހަރުގެ އޮސްކާގައި ވެސް ބެސްޓް އޮރިޖިނަލް ސޯންގުގެ ކެޓަގަރީން ނޮމިނޭޓުވި ފަސް ލަވަ، އެ ލަވަތަށް ކީ އާޓިސްޓުން ލައިވްކޮށް ޕާފޯމްކުރާނެ އެވެ.