އޮސްކާސް އެވޯޑްސް

އޮސްކާސް 2019: މޮޅު ފިލްމަކީ ގްރީން ބުކް

ހޮލީވުޑްގެ އެންމެ ބޮޑު އެވޯޑް ހަފްލާ މިއަދު ބާއްވައި ރަން ވަނަތަކަށް އޮސްކާ އެވޯޑްތައް ދީފި އެވެ. އެހެން ފަހަރުތަކަށްވުރެ ކުރުކޮަށް ބޭއްވި ހަފްލާގައި ކުރިން ހީ ނުކުރާ ވަނަތަކެއް ތަފާތު ފިލްމު ތަކަކަކުން ގެންދިޔަ އިރު އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބޭނެ ކަމަށް އުއްމީދު ކުރި ފިލްމުތަކާއި އެވޯޑް ލިބޭނެ ކަމަށް ބެލެވުނު ބައެއް އެކްޓަރުންވެސް އެވޯޑަކާ ނުލައި ހުސް އަތާ ނުކުންނަށް ޖެހުނެވެ.

ހޯސްޓަކާވެސް ނުލާ ކުރި އަށް ގެންދިޔަ މި ހަފުލާ ނިންމާލިއިރު އެންމެ މޮޅު ފިލްމުގެ އެވޯޑު ގެންދިޔައީ ހިސްޓްރީ ފިލްމު "ގްރީން ބުކެ"ވެ. "ގްރީން ބުކް" އަކީ ގޯލްޑަން ގްލޯބްސްގައި އެންމެ ގިނަ އެވޯޑު ގެންދިޔަ ފިލްމުތަކުން ފިލްމެކެވެ. ގްރީން ބުކް އާއެކު އެންމެ މޮޅު ފިލްމަށް ވާދަ ކުރި "ބޮހީމިއަން ރެޕްސޮޑީ" އަށް ހަތަރު އޮސްކާ ލިބުނެވެ.

  • އެންމެ މޮޅު ފިލްމު: ގްރީން ބުކް
  • ބެސްޓް އެކްޓްރެސް: އޮލީވިއާ ކޮމެން
  • ބެސްޓް އެކްޓާ: ރަމީ މަލެކް
  • ގްރީން ބުކް އާ ވާދަަ ކުރި "ބޮހީމިއަން ރެޕްސޮޑީ"އަށް ހަތަރު އޮސްކާ
  • "ގްރީން ބުކް" "ބްލެކް ޕެންތާ" އަދި "ރޯމާ" އަށް ތިން އޮސްކާ

އޮސްކާ އެވޯޑު ހަފްލާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ގެންދިޔައީ ގްލޯބްސް ހަފްލާގައި ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ގެންދިޔަ ރަމީ މަލެކް އެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑު އޭނާއަށް ލިބިފައިވަނީ ފިލްމު "ބޮހީމިއަން ރެޕްސޮޑީ" އިންނެވެ. މިއީ އަރަބި ނަސްލުގެ މީހަކަށް އޮސްކާ އެވޯޑެއް ލިބުނު ދެވަނަ ފަހަރެވެ. ރަމީގެ މި އެވޯޑާއެކު، އޮސްކާގައި އޭނާގެ ނަން ފެވިގެންދާނެ އެވެ.

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ގެންދިޔައީ އޮލީވިއާ ކޮމަން އެވެ. މި އެވޯޑު ގެންދިޔައީ އޭނާ ކުޅެފައިވާ ފިލްމު "ދަ ފޭވަރިޓް" އިންނެވެ. މި ފިލްމަކީ އެވޯޑު ހަފްލާގައި ވެސް "ފޭވަރިޓް" ފިލްމެކެވެ. އެކި އެވޯޑު ތަކަށް އޭނާގެ ނަން ނޮމިނޭޓް ވެފައިވާއިރު މިއީ އޭނާއަށް އޮސްކާ އެއް ލިބުނު ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އެވޯޑު ހަފުލާ ކުރު ގޮތަކަށް ނިންމާލި އިރު، މި ހަފުލާއަކީ ތަފާތު ކުރުންތައް މަދު ހަފްލާއެއް ކަމަށް ސޯޝަލް މީޑިއާގައި ފާހަގަކޮށްފައި ވެއެވެ. އަދި އެވޯޑުތައް ދިނުމުގައި ދޮން މީހުންނަށް އިސްކަން ދިނުމެއް މިހާރު ނެތް ކަމަށްވެސް ބުނެ އެވެ.