ކުޅިވަރު

ސިޓީއަށް ތާރީހު ބަދަލު ކުރެވޭނެ: ކޮންޓޭ

އިނގިރޭސި ޕްރިމިއާ ލީގްގައި ފުރަތަމަ ފަހަރަށް 100 ޕޮއިންޓް ހޯދާ ޓީމަކަށް މެންޗެސްޓާ ސިޓީއަށް ވެވޭނެ ކަމަށް ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޕްރިމިއާ ލީގްގައި، މިރޭ ޗެލްސީ ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މި ސީޒަންގެ ޕްރިމިއާ ލީގްގައި ސިޓީ ބަލިވީ އެންމެ މެޗަކުންނެވެ. މިއަދު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ލީގް ޗެމްޕިއަންކަން ހޯދަން ހަތަރު މެޗާ ކައިރިއަށް ސިޓީއަށް ޖެހި ލެވޭނެ އެވެ.

"އެ ޓީމުގެ ކިބައިގައި އެބަހުރި ގާބިލު ކަން 100 ޕޮއިންޓާ ހަމަޔަށް ވާސިލުވުމަށް، ސަބަބަކީ އެ ޓީމުން އެބަ ދައްކައިދޭ އެ ޓީމަކީ ލީގްގެ އެންމެ ވަރުގަދަ ޓީމު ކަމަށް،" މިދިޔަ ސީޒަންގައި 93 ޕޮއިންޓް ހޯދައި ޗެލްސީއަށް ލީގް ހޯދައިދިން ކޮންޓޭ ބުންޏެވެ.

"އެ ޓީމުން އެ ގޮތުގައި އެކަމަށް ދަހިވެތިކަން އޮވެގެން ކުރިއަށް ދާނަމަ ހަމަ ޔަގީނުންވެސް އެ ޓީމަށް އެ ނަތީޖާ އަތު ލެވޭނެ، އެކަމަކު އެއީ ފަސޭހަ މަސައްކަތެއް ވެސް ނޫން."

ޕްރިމިއާ ލީގްގައި 100 ޕޮއިންޓާ އެންމެ ގާތް ކުރި ޓީމަކީ ޗެލްސީ އެވެ. އެއީ އެ ޓީމުގެ ކޫރީގެ ކޯޗް ހޯސޭ މޮރީނިއޯ އާއެކު 2004/2005 ސީޒަންގައި އެ ޓީމު ވަނީ 95 ޕޮއިންޓް ހޯދާފަ އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 75 ޕޮއިންޓް ހޯދައިގެން، 15 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އެކު އެވެ. ކުރިއަށް އޮތް ދިހަ މެޗު ސިޓީން ކާމިޔާބު ކޮށްފިނަމަ މޮރީނިއޯގެ ރެކޯޑަށް ވުރެ އިތުރަށް 10 ޕޮއިންޓް ގާޑިއޯލާއަށް ސިޓީއާ އެކު ހޯދޭނެ އެވެ. އޭރުން ސިޓީއަށް ހޯދޭނީ 110 ޕޮއިންޓެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ، ކޮންޓޭ ކޮށްފައިވާ މަސައްކަތް އިނގިރޭސި ފުޓްބޯޅައިން ފިލައިގެން ނުދާނެ ކަމަށެވެ.