ހަބަރު

މާދަމާގެ ޖަލްސާގައި އީސީއަށް މެންބަރަކު ނެގުމުގެ މައްސަލަ

Mar 4, 2018

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރަކު އައްޔަން ކުރުން އެންޑާކޮށްފި އެވެ.
މާދަމާގެ ޖަލްސާގައި އެ މައްސަލަ ހިމަނާފައިވާއިރު މާދަމާގެ އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަން އިއްވާނެ އެވެ.

އީސީއަށް މެންބަރަކު ނަގަނީ އެ ކޮމިޝަނުގެ ރައީސް އަދި މެންބަރު ކަމުގައި ހުންނެވި އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ސުލައިމާނު ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް އައްޔަންކޮށް އެ ކޮމިޝަންގެ ރައީސް ކަމަށް ވެސް އައްޔަން ކޮށްފަ އެވެ.

އީސީއަށް މެންބަރަކު އައްޔަން ކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު އެ މެންބަރު ކަމަށް އައްޔަން ކުރަން ފޮނުވަނީ މިހާރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު އާދަމް ކަމަށް އަޑުތައް ފެތުރިފައި ވެއެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް ހާމަވެފައެއް ނުވެއެވެ.

އަހުމަދު ޝަރީފު އާދަމަކީ މީގެ ކުރިން ވެސް އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ.