ހޮލީވުޑް

ރީސް އަދި ކެރީ އެއް ސީރީޒްއަކުން

މަޝްހޫރު ޕޮލިޓިކަލް ޑްރާމާ ސީރީޒް "ސްކޭންޑަލް" ގެ ތަރި، ކެރީ ވޮޝިންގްޓަން އާއި މިސްޓްރީ ތްރިލާ ސީރީޒް "ބިގް ލިޓުލް ލައިސް" ގެ ތަރި، ރީސް ވިދަސްޕޫން އެކުގައި ސީރީޒްއެއްގައި މަސައްކަތް ކުރަން ނިންމައިފި އެވެ.

މި ދެ ތަރިން ގުޅިގެން އުފައްދަނީ ލިމިޓެޑް ސީރީޒްއަކެވެ. އެ ސީރީޒްއަކީ މިދިޔަ އަހަރު ނިކުތް ސެލެސްޓީ އެންޖީގެ ކާމިޔާބު ވާހަކަ ފޮތް "ލިޓުލް ފަޔާސް އެވްރީވެއާ" ވާހަކައިގެން މައްޗަށް ބިނާކޮށް ތައްޔާރުކުރާ ސީރީޒް އެކެވެ.

މި ސީރީޒްއަކީ ކެރީގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ސިމްޕްސަން ސްޓްރީޓް އާއި ރީސްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ހެލޯ ޝަންޝައިން އަދި އޭބީސީ ސިގްނޭޗާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ސީރީޒްއެކެވެ.

ސީރީޒްގެ ލީޑު ރޯލުން ކެރީ އަދި ރީސް ފެނިގެންދާއިރު، އެކްޒެކެޓީވް ޕްރޮޑިއުސަރުންނަކީވެސް އެ ދެ މީހުންނެވެ. މި ސީރީޒްގެ އުފެއްދުންތެރިއެއްގެ ގޮތުގައި އާއި ރައިޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ "ލައިފް އަންއެކްސްޕެކްޓެޑް" ގެ ރައިޓާ، ލިޒް ޓިގެލާރް އެވެ.