ހަބަރު

އާންމު އުޅަނދުތައް އިއްޒުއްދީން ފާލަމާ ކައިރި ނުކުރަން އަންގައިފި

Mar 4, 2018

އިއްޒުއްދީން ފާލަމާއި އެއް ނަމްބަރާއި ދެން ނަމްބަރު ފާލަމަށް އާންމު އުޅަނދު ފަހަރު ގާތް ނުކުރަން ހައުސިން މިނިސްޓްރީން އަނެއްކާ ވެސް އަންގައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިއްޒުއްދީން ފާލަމާއި އެއް ނަމްބަރު އަދި ދެ ނަމްބަރު ފާލަމަކީ ވިޔަފާރި އުސޫލުން ހިންގާ ބެލެހެއްޓުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ފާލަންތަކެއް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް އުޅަނދު ފަހަރު ލަފާ ފުރުމުގައި އެ ސަރަހައްދުގެ ބޭނުން ކުރަމުން ގެންދާކަން ކަމަށް މިނިސްޓްރީން ބުންޏެވެ.

އިއްޒުއްދީނު ފާލަމާއި އެމްއެމްއޭއާ ހަމައަށް އޮންނަ ސަރަހައްދާ ހަމައަށްވާ އެއްގަމުތޮއްޓަށް އެއްވެސް އުޅަނދެއް ކައިރި ކުރުމަކީ މަނާކަމެއް ކަމަށާއި އެކަން ނުކުރުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިއްޒުއްދީން ފާލަމަށް އުޅަނދު ފަހަރު ގާތް ކުރުން ފުރަތަމަ މަނާ ކުރީ 2015 ވަނަ އަހަރުގެ ތެރޭގައި އެވެ. އުޅަނދު ފަހަރު ގާތް ކުރުން މަނާ ކުރި ނަމަވެސް ބައެއް ރަށްރަށަށް ދަތުރުކުރާ ލޯންޗާއި ދޯނި ފަހަރު އެސަރަހައްދަށް ގާތް ކުރެ އެވެ. އަދި ރިސޯޓް ލޯންޗް ފަހަރުވެސް އެސަރަހައްދަށް ގާތްކޮށް ހަދަ އެވެ.