ރައްޔިތުންގެ މަޖިލިސް

ޝަރީފުގެ ނަން ކޮމެޓީއަށް ފޮނުވައިފި

Mar 5, 2018
1

އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ މެންބަރު ކަމަށް އަހުމަދު ޝަރީފް އާދަމް އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ. އޭނާގެ ނަން ފޮނުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.

ރައީސް އަބްދުﷲ ޔާމީން ޝަރީފުގެ ނަން ފޮނުވުމުން އެ ނަން މިއަދުގެ ޖަލްސާއަށް އިއްވުމަށް ފަހު އެ ނަން ދިރާސާ ކުރުމަށް ފޮނުވީ ކޮމެޓީއަށެވެ. އެ ހިސާބުން މިއަދުގެ އެ ޖަލްސާ ވަނީ ނިންމާލާފަ އެވެ.

މި ވަގުތު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝަރީފު ވަނީ ކުރިން އީސީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާއި ޕީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފަ އެވެ. އަދި އޭނާ ވަނީ އަތޮޅުވެރިޔާ ކަމާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

މީގެ ކުރިން އީސީގެ މެންބަރު ކަމަށް ހޮވައި އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން މިހާރު ވަނީ އެ އެންއައިސީގެ ރައީސް ކަމަށް ބަދަލު ކޮށްފައެވެ.