ކުޅިވަރު

ގަދަ ހަތަރެއް އަތުނުވާނެކަމަށް ވެންގާ އެއްބަސްވެއްޖެ

މި ސީޒަންގައިވެސް އިނގިރޭސި ޕްރިމިއާ ލީގްގައި ގަދަ ހަތަރެއް އާސެނަލްއަށް އަތު ނުވާނެ ކަމަށް އެ ޓީމުގެ ކޯޗް ފްރާންސްގެ އާސެން ވެންގާ އެއްބަސް ވެއްޖެ އެވެ.

ބްރައިޓޮން ހޯވް އެލްބިއޮން އަތުން 2-1 ން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ ގަދަ ހަތަރެއް ނުލިބުނު ނަމަވެސް އާސެނަލްގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ވެންގާ ހުރީ އިންތިހާއަށް ބޮޑު ޕްރެޝަރެއްގައެވެ. ބްރައިޓޮން އަތުން ބަލިވި މެޗަކީ ޖެހިޖެހިގެން އާސެނަލް ބަލިވި ހަތަރު ވަނަ މެޗެވެ. އަދި އެ ޓީމު އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ބަލިވި އަށް ވަނަ މެޗެވެ.

ޖެހިޖެހިގެން ބަލިވުމުގެ ޕްރެޝަރާ އެއްވަރަށް އާސެނަލްގެ ސަޕޯޓަރުންގެ ފަރާތުން، އޭނާ ވަކި ކުރުމަށް ގޮވާލަމުންދާ އަޑުތައް ގިނަވުމަކީވެސް ވެންގާ އަށް ކުރިމަތި އިތުރަށް ޕްރެޝަރާ ކުރިމަތި ލާން ޖެހޭނެ ކަމަކަށް ވާނެ އެވެ. ރޭގައިވެސް ސަޕޯޓަރުން ވަނީ ވެންގާ ވަކި ކުރުމަށް ގޮވާލާފައިވާ ބެނާތައް ސްޓޭޑިއަމް ސަރަހައްދުގައި ބޭނުން ކޮށްފަ އެވެ. ނަމަވެސް ވެންގާ ހުރީ 22 އަހަރު ވަންދެން އޭނާ ހުރި ކުލަބު ދޫކޮށްލާކަށް ނޫނެވެ.

"އަހަރެން މިހެން މިބުނަނީ [ގަދަ ހަތަރެއް] ނުލިބޭނެ ކަމަށް ބުނާ ފުރަތަމަ ފަހަރު،" މިދިޔަ ސީޒަންގައި ފަސް ވަނައިގައި ނިންމާލި ޓީމުގެ ކޯޗު ބުންޏެވެ. "މިއީ ފަސޭހަ ކަމެއް ނޫން، އެކަމަކު އަހަރެންގެ އެބަހުރި ތަޖުރިބާ މިހާލަތު ބަދަލު ކުރުމުގެ ތަޖުރިބާ އަދި އަހަރެން ޖެހޭ މިހެން ބުނަން، ގޭމް ރަނގަޅަށް ކުޅެން ބޭނުންނަމަ މިސްޓޭކްތައް މަދު ކުރަން ޖެހޭ، އަހަރެމެންނަށް ހެދުނީ ނުބައި ވަގުތެއްގައި ގޯސް މިސްޓޭކެއް"

ވެންގާ އިސްތިއުފާ ދޭން އުޅޭ ކަމަށް އެނބުރެމުންދާ ވާހަކަތައް އޭނާ ވަނީ ދޮގު ކޮށްފަ އެވެ. އޭނާ ބުނީ އުނދަގޫ ހާލަތެއްގައި އޮންނައިރު އަބަދުވެސް އެކަހަލަ ވާހަކަތައް ދެކެވޭނެ ކަމަށެވެ.