ވިޔަފާރި

އާ ހާބަރުގެ ފުޑް ކޯޓު 19 ފަރާތަކަށް

Mar 5, 2018
7

ކުރީގެ ހާބަރު ކަޑަަތަށް ހުރި ސަރަހައްދުގައި ހަދަމުން ގެންދާ "ފުޑް ކޯޓަށް"އަށް ބިޑް ހުށަހެޅި 19 ފަރާތަކުން ބިޑް ކާމިޔާބުކޮށްފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އަލަށް ހެދި 26 ފުޑް ކޯޓު ކުއްޔަށް ދޭން ޖެނުއަރީ މަހު އިއުލާނު ކުރުމުން ބިޑް ހުށަހަޅާފައިވަނީ ހުށަހެޅީ 22 ޔުނިޓަކަށް ކަމަށެވެ. އަދި މީގެ ތެރެއިން އެވޯޑް ނޮޓިފިކޭޝަން 19 ފަރާތަކަށް އަންނަ ހަފުތާ ސޮއިކުރާނެ ކަމަށެވެ.

އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޑްކޯޓުގެ ތެރެއިން އަމީނީމަގަށްވާ ގޮތަށް ދެ ބްލޮކް ވަނީ ނިންމާފަ އެވެ.

އެސްޓީއޯއިން ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ތިން ސައިޒެއްގެ ކެފޭއެއް ދަނީ ހަދަމުންނެވެ. މި ތަންތަނުގެ ސައިޒު ހިމެނެނީ 960 އަކަފޫޓާއި 1260 އަކަފޫޓު އަދި 660 އަކަފޫޓުގެ ތަންތަނެވެ.

މި ތަންތަނުގެ އަގުތައް އުޅެނީ އަކަފޫޓެއް 53ރ. ގެ ރޭޓުންނެވެ. މި ތަންތަން ކުއްޔަށް ދެނީ ޔުނިޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.