ހަބަރު

މާފުށީ ޖަލުގެ އެލާޓް އުވާލާފައިފި

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން މާފުށީ ޖަލަށް ގެނައި އެލާޓް އުވާލާފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެ ތަނުގެ އޮފިސަރުންނަށް އަންގައިފި އެވެ.

މާފުށީ ޖަލު އެލާޓަށް ގެނައީ އެ އަމުރާ ގުޅިގެން ދެއެއް ފެބުރުއަރީގަ އެވެ. އެއީ ޖަލުގައި ހަމަނުޖެހުމެއް ހިނގައިދިޔަ ނުދިނުމަށް ތައްޔާރުވެ ތިބުމަށް ގެނައި އެލާޓެކެވެ. އެ އެލާޓަށްފަހު އާއިލީ ބައްދަލުވުންތައް ދިނުން ފަދަ ކަންކަން އޮތީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

މާފުށީ ޖަލުގައި މިއަދު ކެރެކްޝަނަލް ސާވިސްއިން ބަހައްޓާފައިވާ އިއުލާނެއްގައިވާ ގޮތުން މިއަދުން ފެށިގެން އެލާޓް އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަން އޮފިސަރުންނަށް އަންގާ ކަމަށެވެ. އެލާޓްގެ މުއްދަތުގައި އޮފިސަރުންގެ ކިޔަމަންތެރިކަމާއި އެއްބާރުލުން އުފާލާއެކު ފާހަގަކުރާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މިކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ރަސްމީ ބަހެއް ނުލިބެ އެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރުގައި ޖަލުގައި ތިއްބެވި ނުވަ ސިޔާސީ ބޭފުޅަކު މިނިވަންކުރުމަށް އެންގި އެވެ. ނަމަވެސް އޭގެފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ އަމުރުގެ އެ ބައި ވަނީ ބާތިލުކޮށްފަ އެވެ.