އަތޮޅު ތަކުގައި ފެނާއި ކަރަންޓުގެ ހިދުމަތްދޭ ދައުލަތުގެ ކުންފުނި ފެނަކަ ކޯޕަރޭޝަން ވަގުތީ ގޮތުން ހިންގެވުން އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމާ ހަވާލުކޮށްފި އެވެ.
ފެނަކަ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަލީމާ ހަވާލުކުރަން ނިންމީ ފެނަކަ ކޯޕަރޭޝަންގެ ބޯޑުން މިއަދު ބޭއްވި ޖަލްސާއެއްގަ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަރީފް އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް މިއަދު ވަނީ އައްޔަން ކޮށްފައެވެ. އެކޮމިޝަނުގެ ރައީސަކަށް ވެސް މިއަދު ހޮވީ ޝަރީފެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމާ މިދިޔަ އަހަރުގެ މާޗް މަހު ހަލީމް ހަވާލުވެވަޑައިގެންނެވީ ހަލީމަކީ ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާމާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ އެމްޕީއެލްއަށް ވަޑައިގެންނެވި ފަހުން އެތަނަށް ވެސް ގިނަ ބަދަލުތަކެއް ގެންނަވައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވިއެވެ.