ހަބަރު

ކަސްޓަމަރުންގެ މައުލޫމާތު އަބަދުވެސް ރައްކާތެރި ކުރަން: ދިރާގު

ޒިންމާދާރު ޓެލެކޮމް ކުންފުންޏެއްގެ ހައިސިއްޔަތުން އަބަދު ވެސް ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރާ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. ކަސްޓަމަރުންގެ އިތުބާރަކީ އެ ކުންފުންޏަށް ވަރަށް މުހިންމު އެއްޗެއް ކަމަށް ވެސް ބުންޏެވެ. ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކަމަށް އަބަދު ވެސް ބޮޑެތި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ދިރާގުން މިހެން ބުނީ ސަރުކާރުން އޭނާގެ ދިރާގު ނަންބަރުގެ އިތުރު ސިމް ކާޑެއް ހައްދާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް ޓްވިޓާގައި ތުހުމަތުކޮށްފައި ވަނިކޮށެވެ. އެގޮތުން ހެދި ސިމް ކާޑު ބޭނުން ކޮށްގެން ސަރުކާރުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކޮށްފައި ވެއެވެ.