ހަބަރު

ރައީސަށާއި މަސީހަށް ގާސިމުގެ ބަހުގެ ހަމަލާއެއް!

Mar 7, 2018
10

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ދެ ބޭފުޅުން ތިއްބެވީ "މޮޔަވެފައި" ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަހުގެ ހަމަލާއެއް ދެ ބޭފުޅުންނަށް ދެއްވައިފި އެވެ

އައި ހުކުމަކަށް ފަހު އޭގެ ތަންފީޒީ މަރުހަލާގައި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އަމިއްލަފުޅަށް ޖަރުމަނުވިލާތަށް އަރުވާލެއްވިގެން ހުންނެވި ގާސިމް މި މޭރުމުން ރައީސް ޔާމީނަށާއި މަސީހަށް ބަހުގެ ރައްދެއް ދެއްވީ ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅިގެނެވެ. ގާސިމަށް އެންމެ ގިނައިން ބަހުގެ ހަމަލާ ދެއްވާ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ޕީޕީއެމްގެ ފަރާތުން ހުށަހެޅި އެ ބިލްުގެ ފުރަތަމަ ކިޔުން މިއަދު ވަނީ މަޖިލީހުގައި އިއްވާފަ އެވެ.

މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ފުރުއްވަވާ ގާސިމް މިއަދު ވަނީ އެކަމާ ގުޅުވައި ބަހުގެ ރައްދެއް ދެއްވުމުގެ ގޮތުން ޓްވީޓްތަކެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނާއި މަސީހު ތިއްބެވީ "ރަނގަޅަށް މޮޔަފުޅުވެފައި" ކަމަށް ފެންނަ ކަމަށެވެ. -- މި އިބާރާތަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ގާސިމް ވަރަށް ގިނައިން ބޭނުންފުޅު ކުރައްވާ ވެސް އިބާރާތެކެވެ.

އޭނާ ވިދާޅުވީ ގާނޫނަށް ގެންނަ އިސްލާހަކުން މިހާރު "ރަހީނުކޮށްފައިވާ ދެ ފަނޑިޔާރުންނަށް އަދަބެއް ކަނޑަނޭޅޭނެ" ކަމަށެވެ. އަދި ޖޭއެސްސީއާއި މަޖިލީހަށް ދީފައިވާ ބާރުތަކަށް ކަނޑުވާލާނީ ކިހިނެއްތޯ ވެސް ސުވާލު ކުރައްވާފައި ވެއެވެ. އަދި ވިދާޅުވީ ކަމެއް ހިނގައި ދިޔަ ފަހުން ގާނޫނެއް ހަދައިގެން ކުރިން ހިނގާފައިވާ ކަމަކަށް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ،