އޮފްބީޓް

މުސާރަ ކުޑަ ކުރަން ގޮވާލާ މުޒާހަރާއެއް!

މުސާރަ ބޮޑު ކޮށްގެން ކަން ބޮޑުވި ބައެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ މިއީ އެފަދަ ހާލަތެކެވެ. މުސާރަ ބޮޑު ކުރުމުން ކެނެޑާގެ ޕްރޮވިންސެއް ކަމަށްވާ ކިއުބެކްގެ ފަސް ސަތޭކައަށްވުރެ ގިނަ ޑޮކްޓަރުންނާއި، މެޑިކަލް ސްޕެޝަލިސްޓުން އަދި ރައްޔިތުންނާއި ދަރިވަރުން ގުޅިގެން މުސާރަ ކުޑަކުރުމަށް އެދި ޕެޓިޝަނެއް ހުށަހަޅާއި މުޒާހަރާކޮށްފި އެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ އެމީހުން މުސާރަ ބޮޑު ކުރުމަށްވުރެ އެ ފައިސާ ބޭނުންކޮށްގެން ނަރުހުންނާއި ބަލި މީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދާދިނުން މާ ރަނގަޅު ވާނެ ކަމަށެވެ.

"އަހަރެމެން ކިއުބެކްގެ ޑޮކްޓަރުން، އެންމެނަށްވެސް ހަމަހަމަކަން އޮންނަޖެހޭނެކަން ގަބޫލުކުރާ ހާލު، މެޑިކަލް ފެޑެރޭޝަނުން މުސާރަ ބޮޑުކޮށްފައިވާތީ އެކަމާއި ދެކޮޅުހަދަމޭ!" އެ މީހުން ނެރުނު ޕެޓިޝަންގައި ބުނެފައިވެ އެވެ.

ސީއެންބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފެބްރުއަރީ 25 ގައި އާންމުކުރި އެ ޕެޓިޝަންގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖެނަރަލް ޑޮކްޓަރުންނާއި، ސްޕެޝަލިންޓުންނާއި އަދި ބޭސްވެރިކަން ކިޔަވާ ކުދިން ހިމެނެ އެވެ.

ޑޮކްޓަރުން ވަނީ އެމީހުންގެ މުސާރަ ބޮޑުކުރިއިރު ނަރުހުންނަށް ކުޑަ މުސާރައެއްދޭތީ އާއި ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަވުމުގެ ސަބަބުން ބަލި މީހުނަށް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެފަ އެވެ.

"އަހަރެމެން އެދެނީ ބޮޑުކޮށްފައިވާ ޑޮކްޓަރުގެ މުސާރަ ކުޑަކޮށް، އެންމެނަށް ހަމަަހަމަ އުސޫލެއްގެ މަތިން އުޖޫރަދީ، ސިއްހީ ނިޒާމު ވަރުގަދަކޮށް ދެވޭ ހިދުމަތްތަކަކީ ރަނގަޅު ފެންވަރުގެ ހިދުމަތަކަށް ހަދަން."

ނަމަވެސް ކެނަޑާގެ ސަރުކާރުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ކެނެޑާގައި ސިއްހީ ހިދުމަތްދޭ އަގާ އަޅާ ބާލައިރު، ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކެނަޑިއަން އިންސްޓިޓިއުޓް ފޯ ހެލްތް އިންފޮމޭޝަން އިން ތައްޔާރުކުރި ރިޕޯޓެއްގައި ވާގޮތުން ކެނަޑާގައި 2016 ވަނަ އަހަރު ކޮންމެ ޑޮކްޓަރަކަށް 260 ހާސް ޑޮލަރަށް ވުރެ ބޮޑު އާންމުދަނީއެއް ލިބެ އެވެ. މިއަދަދަކީ ޖުމްލަ މުސާރައަށް ބަލައިގެން ހިސާބު ކުރެވުނު އަދަދެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދަދު ބޭނުންކޮށްފައި ވަނީ އިތުރު ކަންކަމަށް މުސާރައިން ކަނޑާ އަގު ނުލަ އެވެ.

ޕެޓިޝަން ތައްޔާރުކުރި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިފަހަރު ޑޮކްޓަރުގެ މުސާރަ ބޮޑު ކުރުމަށް 500 މިލިއަން ޑޮލަރު ބަޖެޓަށް އިތުރު ކުރި އެވެ.