ފިނިޕޭޖް

އެންމެ ހިތްވަރުގަދަ އަންހެނުންގެ ތެރޭގައި ދީޕިކާ

އިއްޔެ ފާހަގަކުރި އަންހެނުންގެ ދުވަހަށް ހާއްސަކޮށް މަޝްހޫރު ވެރައިޓީ މެގަޒިން އިން ނެރުނު، ދުނިޔޭގައި ބުރަ މަސައްކަތުން ކާމިޔާބު ހޯދަމުންދާ އަދި އެންމެ ހިތްވަރުގަދަ އަންހެނުންގެ ނަމްބަރުގައި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ފީޗާކޮށްފި އެވެ.

ދީޕިކާގެ އެ މެގަޒިންގައި ފީޗާކޮށްފައި ވަނީ ފިލްމީ ދާއިރާއަށް ހިދުމަތް ކުރުމާއި ދަތި އުނދަގޫތަކާއެކު ވެސް ކެތްތެރިކަމާއި ހިތްވަރާއެކު މަސައްކަތްކޮށްފައިވާތީ އެވެ.

"ބޮލީވުޑްގެ ތަރި ދީޕިކާގެ އެންމެ ފަހުން ނިކުތް ކާމިޔާބު ފިލްމު "ޕަދްމާވަތް" އާއި ގުޅިގެން އޭނާއަށް ވަނީ މަރުގެ އިންޒާރުތަކާއި އެކި ކަހަލަ އަނިޔާތަށް ކުރާނެ ކަމުގެ އިންޒާރުތައް ލިިބިފަ. ދީޕިކާގެ ބައްޕަ، ޕްރަކާޝް އަކީ ބެޓްމިންޓަން ކުޅޭ މީހެއް. މޮޑެލިންގެ ދާއިރާއަށް ނިކުތުމުގެ ކުރިން އޭނާ ބެޑްމިންޓަން ކުޅެ އުޅުނު.'

ދީޕިކާއަކީ މިހާރު އިންޑިއާގައި އެންމެ ބޮޑު މުސާރައެއް ލިބޭ ބަތަލާ. ދީޕިކާގެ ފިލްމުތައް ކަމަށްވާ 'އޯމް ޝާންތި އޯމް' އާއި 'ޗެންނާއީ އެކްސްޕްރެސް' އަދި މިދިޔަ އަހަރު ނިކުތް އޭނާގެ ހޮލީވުޑް ފިލްމު 'ރިޓާން އޮފް ޒަންޑާ ކޭޖް' އަކީ ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމުތަކެއް. ދީޕިކާއަކީ އިންސާނީއްޔަތައް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެމުންދާ އަދި މިހާރުވެސް ނަފްސާނީ ބަލިތައް ހުންނަ މީހުނަށް އެހީވުމަށް އަމިއްލަ ފައުންޑޭޝަނެއް ހިނގާ މީހެއް." ވެރައިޓީ މެގަޒިންގައި ލިޔެފައިވެ އެވެ.

ވެރައިޓީ މެގަރިންގައި ފީޗާކުރުމާއި ގުޅިގެން ދީޕިކާ ވަނީ ޓުވީޓެއްވެސް ކޮށްފަ އެވެ. ދީޕިކާ ކުރި ޓުވީޓުގައި އޭނާ ބުނެފައި ވަނީ އެ ކާމީޔާބީ ލިބުމުން ފަހުރުވެރިވާކަމަށާއި އަދި ކާމިޔާބު ހޯދި އިތުރު ފަރާތްތަކާއެކު އެ އުފަލުގައި ބައިވެރިވެވޭތީ އުފާކުރާ ކަމަށެވެ.

ހިންދީ ފިލްމު "ދަ ލަންޗުބޮކްސް" ގެ ޕްރޮޑިއުސާ ގުނީތް މޮންގާވެސް އެ އަދަދުގައި ފީޗާކޮށްފައިވެ އެވެ. އެ އަދަދުގައި ޕީޗާކޮށްފައިވާ މަޝްހޫރު އިތުރު ތަރިންގެ ތެރޭގައި ނިކޯލް ކިޑްމަން، ސަލްމާ ހަޔެކް، ގާލް ގެޑޮޓް އަދި ޑެއިޒީ ރައިޑްލީ ހިމެނެ އެވެ. އޭޝިއާ، ޔޫރަޕް، އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތައް ހިމެނޭގޮތަށް ޖުމަލް 50 އަންހެން ޝަހުސިއްޔަތެއް އެ އަދަދުގައި ފީޗާކޮށްފައިވެ އެވެ.