ހަބަރު

ސުލްހަވެރިކަމާއެކު އެސްއޯއީ ނަގަން 40 ގައުމަކުން ގޮވާލައިފި

ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު އުވާލަން ދުނިޔޭގެ 40 ގައުމަކުން ގޮވާލައިފި އެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ބޭއްވި ޔޫއެން ހިއުމަން ރައިޓްްސް ކައުންސިލްގެ 37 ވަނަ ސެޝަނުގައި އިއްވި ބަޔާނުގައި ދިވެހި ސަރުކާރަށް ގޮވާލީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ދަށަށް ދަމުންދާ ދިއުމަށް ރިއާޔަތްކޮށް، ސުލްހަވެރިިކަމާއެކު އެސްއޯއީ ނަގައި މަޖިލީހުގެ މަސައްކަތް ރަނގަޅަށް ހިންގަން ފުރުސަތު ދިނުމަށެވެ.

"... ދިވެހި ސަރުކާރަށް އަހަރެމެން މި ގޮވާލަނީ އިންސާނީ ހައްގުތަކުގެ ހާލަތު ދަށަށްދާ ދިއުމަަށް ރިއާޔަތްކޮށް ސުލްހަވެރިކަމާއެކު ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސުޕްރީމްކޯޓާއި ޝަރުއީ ނިޒާމުގެ އެހެން ގޮފިތައް ވެސް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރަން ފުރުސަތުދީ ޕާލަމެންޓުގެ މަސައްކަތް ފުރިހަމައަށް މިނިވަންކަމާއެކު ހިނގުމަށް ފުރުސަތުދީ ސުޕްރީމްކޯޓުން އަންގާފައިވާ ގޮތަށް 12 މެމްބަރުންގެ މެމްބަރުކަން އިއާދަކޮށް ސިޔާސީ ގައިދީންނާއި އެމީހުންގެ އާއިލާގެ މެމްބަރު މިނިވަން ކުރުމަށެވެ،" ހިއުމަން ރައިޓްސް ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގެ އައިޓަމް ދޭއް ކުރިއަށް ގެންދިޔަ އިރު އިއްވި ބަޔާނުގައި ބުނެފައި ވެއެވެ.

އެބަޔާނަށް ތާއީދު ކުރި ބޮޑެތި ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތާއި އެމެރިކާ ޖަރުމަނު އަދި ފްރާންސް ހިމެނެ އެވެ. ފާހަގަ ކުރެވޭ އެެހެން ގައުމުތަކުގެ ތެރޭގައި އިޓަލީ ނެދަލޭންޑްސް، ޕޯޗުގަލް، ސްޕެއިނާއި ސްވިޒަލޭންޑާއި ސްވިޑުން އަދި ނޯވޭެ ހިމެނެއެވެ.