ހަބަރު

ފައިސާ ނުދީ އިދިކޮޅުޕާޓީތައް އުވާލަން ޕީޕީއެމުން ގޮވާލައިފި

ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކު ދައުލަތުން ދޭ ފައިސާ އިދިކޮޅު ޕާޓީތަކަށް މި އަހަރު ނުދޭން ވެރިކަން ކުރާ ޕީޕީއެމުން މިރޭ ގޮވާލައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްކޮޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ރައީސްް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއް ރަހީމް އަބުދުﷲ ވިދާޅުވީ އެމްޑީޕީ އާއި ޖުުމްހޫރީ ޕާޓީއާއި އަދާލަތުޕާޓީއަށް ދައުލަތުން އެއްވެސް ފައިސާއެއް ނުދޭން ގޮވާލައްވާ ކަމަށެވެ.

ޕާޓީތަކަށް ފައިިސާ ނުދޭން ގޮވައިލެއްވުމުގެ ކުރިން އަބުދުއް ރަހީމް މިރޭ ވެސް ތަކުރާރުކުރެއްވީ އިދިކޮޅު ޕާޓީތަކާބެހޭ ގޮތުން ޕީޕީއެމާއި ސަރުކާރުން އާއްމުކޮށް ކުރާ ތުހުމަތުތަކެވެ. އެގޮތުން ވިދާޅުވީ އެޕާޓީތަކުން މަސައްކަތް ކުރަނީ ރާއްޖޭގެ ހަމަޖެހުން ނަގާލަން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ގޮވާލަން މި ފައިސާ ނުދީ ހިފަހައްޓަން [އަޅުގަނޑު] މިދެންނެވި ޕާޓީތަކަަށް. އެމްޑީޕީއާ ޖޭޕީއާ އޭޕީއަށް ދައުލަތުގެ ބަޖެޓުން މިފަހަރު އެއްވެސް ފައިސާއެއް ނުދިނުމަށް އަޅުގަނޑު ގޮވާލަން،" އަބުދުއް ރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކަށް ފައިސާ ނުދޭން ގޮވައިލެއްވުމުގެ ކުރިން އޭނާ ގޮވައިލެއްވީ އެ ޕާޓީތަކަށް ފިޔަވަޅު އެޅުމަށާއި ޕާޓީތައް އުވާލުމަށެވެ.

"ގައުމަށް ޣައްދާރުވާ ޕާޓީތައް އުވާލެވޭނެ ނިޒާމެއް އެބަޖެހޭ އޮންނަން އަޅުގަނޑަށް ހީވަނީ މިހާރު ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން އެކަން ކުރެވޭނެހެން،" އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެޕާޓީތައް އުވާލެވޭނެ ގޮތެއް ގާނޫގައި ނެތިއްޔާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލުގެެނެސްގެން ވެސް އެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އަބުދުއް ރަހީމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށްއެ ޕާޓީއަށާއި ރައީސުލް ޖުމްހޫރިއްޔާއ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމަށް ވަަރަށް ވަފާތެރި ބޭފުޅެއް ކަމަށްވާ އަހުމަދު ޝަރީފު އައްޔަންކޮށް އީސީގެ ރައީސްކަމަށް ވެސް އަންގާރަ ދުވަހު އައްޔަންކޮށްފައި ވަނިކޮށެވެ. އީސީގެ ރައީސްކަމަށް ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ބޭއްވި ނޫސްކޮންފަރެންސްގައި ޝަރީފު ވިދާޅުވީ ގަނޫނުތަކާ އެއްގޮތަށް ވަކި ފަރާތަަކަށް ޖެހިވަޑައި ނުގެން މަސައްކަތްކުރައްވާނެ ކަަމަށެވެ.