ހަބަރު

ހޯރަފުށީ ފެނުގެ ނިޒާމްގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީގައި ސާފު ބޯފެނުގެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އެ މަސައްކަތް ކުރިޔަށް ގެންދަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލު ކޮށްގެނެވެ.

ބޯފެނުގެ ނިޒާމުގެ މަޝްރޫއަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް 52.19 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ.

މަޝްރޫއުގެ ދަށުން ހަނިމާދޫގައި 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކުރާނެ އެވެ. އަދި ގަޑިއަކު އަށް ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓް ބަހައްޓައި ދެ ޕްލާންޓުން ދުވާލަކު 156 ޓަނުގެ ފެން އުފައްދާނެ އެވެ.