ބޮލީވުޑް

ސަނީ ލިއޯންގެ ހަޔާތަށް ސީރީޒެއް ނެރެނީ

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން މިފަހުން އަންނަނީ ފޭނުންނަށް ސަޕްރައިޒްތައް ދެމުންނެވެ. މިދިޔަ ހަފުތާގައި އޭނާ އިންސްޓަގުރާމްގައި ކުރި ޕޯސްޓެއްގައި ސަރޮގެޓްކޮށްގެން ފިރިހެން ދެ ކުދިން ހޯދި ވާހަކަ އާންމުކުރުމުން ވެސް ގިނަ ބަޔަކަށް ހައިރާންކަމެއް ގެނުވި އެވެ.

އަނެއްކާ ސަނީ މި ވަނީ އޭނާގެ އިންސްޓަގުރާމް މެދުވެރިކޮށް އާ ވާހަކައެއް ދޫކޮށްލާފަ އެވެ. އޭނާގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ބަޔޮޕިކް ވެބް ސީރީޒްއެއް ގެނެސްދޭ ވާހަކަ އެވެ. "ކެރެންޖިތް ޓް ސަނީ" ގެ ނަންދީފައިވާ އެ ސީރީޒްއަކީ އިންޑިއާ މަޝްހޫރު ވެބް ސީރީޒް ސްޓްރީމު ކުރާ ވެބްސައިޓް ޒީ5 އިން ތައްޔާރުކުރާ ސީރީޒެކެވެ.

ސަނީ ކޮށްފައިވާ އިންސްޓަގުރާމް ޕޯސްޓް.

އެ ސީރީޒްއާއި ބެހޭގޮތުން ސަނީ ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ "އަހަރެން ކެނެޑާ ދޫކޮށް އައީ ކީއްވެ؟ އަހަރެންގެ ނަން 'ސަނީ' އަށް ބަދަލުކުރީ ކީއްވެ؟ އަހަރެންގެ ދިރިއުޅުން އޮތީ ކިހިނެއް؟ މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް #ކެރެންޖިތްޓުސަނީ އަށް އިންތިޒާރުކުރޭ!" އެވެ.

ސަނީގެ ބަޔޮޕިކްއެއް ގެނެސްދެން އުޅޭ ހަބަރު ކަށަވަރު ކޮށްދީ ޒީ5 އިން ވަނީ ޓްވީޓެއް ވެސް ކޮށްފަ އެވެ. އެ ޓްވީޓުގައި ޒީ5 އިން ބުނެފައި ވަނީ އިންޑިއާގައި މިހާރު އެންމެ ގިނަ ބަޔަކު އިންޓަނެޓު މެދުވެރިކޮށް ހޯދާ މަޝްހޫރު ސެލެބްރިޓީ ހަޔާތަށް ތައްުޔާރުކުރާ ސިރީޒްއެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށެވެ.

އެ ސީރީޒްގައި ސަނީގެ ކުޑައިރުގެ ވާހަކަ ތަކުން ފަށައިގެން، އޭނާ ބޮލީވުޑާއި ހަމައަށް އައުމަށްކުރި ދަތުރުގެ ހުރިހާ ވާހަކަތަކެއް ގެނެސްދޭނެ އެވެ.