ކުޅިވަރު

ރޮނާލްޑޯ، ރެއާލް މެޑްރިޑް ސަލާމަތްކޮށްދީފި

ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑުން އެއިބާއާ ދެކޮޅަށް 2-1 ގެ ނަތީޖާ އަކުން ރެއާލް މޮޅު ވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އެއިބާއިން ވަރަށް ރަނގަޅަށް މެޗު ފެށި އެވެ. މެޗުގައި، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ، އަނިޔާގެ ސަބަބުން ވޭތުވެދިޔަ ފަސް މެޗުގައިވެސް ފުރުސަތު ނުދޭ ލުކަ މޮޑްރިޗަށް މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ.

މެޗުގެ 34 ވަނަ މިނެޓްގައި، ރޮނާލްޑޯ ރެއާލްގެ ލަނޑު ކާމިޔާބު ކުރީ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ޑިފެންޑަރު އީވާން ރަމެއިސް އެއިބާއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ނަމަވެސް އެއިބާއަށް ހެދުނީ ޑިފެންސިވް މިސްޓޭޓެކެކެވެ. އެ މިސްޓޭކުން ރެއާލްގެ ޑެނީ ކަރަވާހާލްއަށް ބޯޅަ ހުރަސް ކުރަން ފުރުސަތު ލިބުނެވެ. ރޮނާލްޑޯ ރެއާލް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ ކަރަވަހާލް ނަގައިދިން ހުރަހަކުންނެވެ.