ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާއެކު ބާރުވެރިކަން އިދިކޮޅު ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ފައިސަލް ވިދާޅުވީ ރައްޔިތުން ބާރަށް ރިއަށްދާންވީ ކަމަށާއި މަޖިލީހުގެ ފުރިހަމަ ބާރު ގިނަ މެންބަރުންތަކަކާއެކު އިދިކޮޅު ފަރާތްތަކަށް ވަރަށް އަވަހަށް ލިބޭނެ ކަން ޔަގީންކަން ކަމަށެވެ.
ފައިސަލް މިހެން ވިދާޅުވެ ޓްވީޓް ކުރެއްވި އިރު މަޖިލީހުގެއިތުރު މެންބަރުންތަކެއް އިދިކޮޅާ ގުޅެން ނިންމާފައިވާ ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ.
މިވާހަކަތައް އޮތް އިރު ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ތައްޔާރުކޮށްފައިވާ އެންޓި ޑިފެކްޝަން ބިލަށް މިއަދު މަޖިލީހުގައި ވަނީ ބަހުސް ފަށާފައެވެ.