ބޮލީވުޑް

"ތަގްސް އޮފް ހިންދުސްތާން"ގައި ރޯނިތް ރޯއީވެސް ހިމަނައިފި

ތަންގްސް އޮފް ހިންދުސްތާންގެ ޝޫޓިން މިހާރު ވަނީ ފަަށާފަ އެވެ. ޔަޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން ނިކުންނަ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ވިޖޭ ކްރިޝްނާ އަޗަރްޔާ އެވެ. މި ފިލްމު ސިނަމާއަށް ގެންނާނީ އަންނަ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

މި ފިލްމުގެ ލީޑުން އާމިރް އާއެކު އަމީތާބާއި ކެޓްރީނާ ކައިފް އަދި ފަތިމާ ސަނާ ޝެއިހް ފެނިގެންދާނެ އެވެ. ދާދިފަހުން ވަނީ އެ ފިލްމުގެ ކާސްޓަށް ޝަޝަންކް އަރޯރާ އަދި ޖެކީ ޝްރޮފް ވެސް ނަގާފަ އެވެ.

މި ފިލްމަގެ ކާސްޓަށް އަނެއްކާވެސް އާ ތަރިއަކު މިހާރު ވަނީ ނަގާފަ އެވެ. ކާސްޓަށް އަލަށް ނަގާފައި ވަނީ ރޯނިތް ރޯއީ އެވެ. ރޯނިތް ވަނީ ޓުވިޓާ މެދުވެރިކޮށް އެ ހަބަރު ކަށަވަރުކޮށްދީފަ އެވެ.

ރޯނިތް ވަނީ މީގެ ކުރިން ގިނަ ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށް ގިނަ ބައެއް މަގުބޫލުކަން ހޯދާފަ އެވެ. އެ ފިލްމުތަކުގެ ތެރޭގައި "އުޑާން"، "ބޮސް"، "2 ސްޓޭޓްސް" ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނީ ސްޓާފްލަސްގެ ޑްރާމާ "ކަސޯޓީ ޒިންދަގީ ކީ" ގައި ކުޅުނު ބަޖާޖުގެ ރޯލުންނެވެ.

ތަގްސް އޮފް ހިންދުސްތާންއަކީ 1839 ވަނަ އަހަރު ނިކުތް ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ވާހަކަ ބިނާވެފައި އޮންނަނީ އިންޑިއާގައި އިނގެރޭސިން ވެރިކަންކުރިއިރު، އިނގެރޭސިންނަށް އެ ގައުމުގައި ހަމަޖެހިގެން އުޅުނަ ނުދިނުމަށް މަސައްކަތްކުރި "ތަގެއް" ނުވަތަ ގޭންގު ސްޓާރެއްގެ މައްޗަށެވެ.