ފުލުހެއްގެ ގަޔަށް ކަޅު ޖެހި މީހަކު ހައްޔަރުކޮށްފި އެވެ. މިރޭ ކަޅު ތެޔޮ ޖަހާފައިވަނީ ޓްރެފިކް ފުލުހެއްގެ ގަޔަށެވެ.
އެކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެމީހާއާ ގުޅޭ ތަފްސީލެއް ނުދެ އެވެ. އެއީ މިހާރު ކުރިއަށްދާ އެއްވުމުގެ ބައިވެރިއެއް ކަމެއް ވެސް ފުލުހުނެއް ނުބުނެ އެވެ.
ފުލުހެއްގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވާއިރު އިދިކޮޅު ފަރާތްތަކުގެ މިރޭ އެއްވަން މަސައްކަތް ކުރާ ސަރަހައްދުން 100 އަށްވުރެ ގިނަ މިރުސް ފެން ޕެކެޓް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.