އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް މިއަދު

Mar 18, 2018
4

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ކުއްލި ހާލަތު އިއުލާންކޮށް ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ތެރެއިން ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓްގައި ފަށަން ތާވަލްކޮށްފި އެވެ.

އެ ޝަރީއަތް ތަވާލްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 3:00 ޖަހާއިރަށެވެ.

މިއަދު ބާއްވަނީ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ ޕްރިލިމިނަރީ އަޑު އެހުމެކެވެ.

ގިނަ ތުހުމަތަކެއް އަބްދުﷲ ސައީދަށް ކޮށްފައިވާއިރު އޭނާގެ މައްޗަށް ދައުވާ ކުރުމަށް ދެން ފޮނުވާފައިވާ އަނެއް ދައުވާއަކީ ހެކި ނައްތާލުމުގެ ދައުވާ އެވެ. ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލަ އެވެ.