ކުޅިވަރު

ސޮލާހްގެ ހެޓްރިކުން ލިވަޕޫލަށް ބޮޑު މޮޅެއް

މުހައްމަދު ސޮލާހް ކާމިޔާބު ކުރި ހަތަރު ލަނޑާއެކު، ވަޓްފޯޑްގެ މައްޗަށް 5-0 ގެ ބޮޑު ނަތީޖާއަކުން ލިވަޕޫލު މޮޅުވެއްޖެ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސޮލާހް ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗު ފެށިގެން ހަތަރަު ވަނަ މިނެޓްގައި އޭނާ ވަނީ ވަޓްފޯޑްގެ ގޯލް ހުޅުވާފަ އެވެ. އެ ލަނޑު އޭނާ ކާމިޔާބު ކުރީ ސެޑިއޯ މާނޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މާނޭ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 43 ވަނަ މިނެޓްގަ އެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮބާޓޯ ފިރުމީނޯ އެވެ. ސޮލްހް ހެޓްރިކް ހެދީ މެޗުގެ 77 ވަނަ މިނެޓްގަ އެވެ. ލިވަޕޫލްގެ ފަސް ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 85 ވަނަ މިނެޓްގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ ސޮލާހް އުޅެނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއަށް ވަނުމުގެ މަގުމަތީގައި ކަމަށެވެ.

"އެއް ގޮތަކުން އެއީ ރަނގަޅު ކަމެއް، އަހަންނަކަށް ހީނުވެ މޯ [މުހައްމަދު ސޮލާހް] އަދި އެހެން ކުޅުންތެރިޔަކުވެސް ބޭނުންވާނެ ހެނެއް ލިއޮނަލް މެސީ އާއި އަޅާ ކިޔާކަށް، އޭނާ އަކީ އޭނާ އެކުރާ ކަމެއް އެކުރާއިރު ހީވާނީ އޭނާގެ އުމުރުން 20 އަހަރުގައި ކުރާ ކަމެއްހެން." ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ސޮލާހްގެ ރަނގަޅު ނުފޫޒު މުޅި ޓީމަށް ފޯރުވާކަމަށާއި އޭނާގެ ކިބައިގައި އެހުނަރާއި ފެންވަރު އެބަހުރި ކަމަށެވެ.

ރޭ އެވަޓަންވެސް ވަނީ ރަށުން ބޭރުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ކާމިޔާބު ކޮށްފަ އެވެ. އެފްސީ ބޯން މައުތުވެސް އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމޮވިޗްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. ކްރިސްޓަލް ޕެލަސް ވަނީ ހަޑާސް ފީލްޑް ދަނޑުގައި ކުޅެ 2-0 ން މެޗު ކާމިޔާބު ކޮށްފަ އެވެ.