ހަބަރު

ސިނާން އާއި އިލްހާމްގެ ބަންދަށް 15 ދުވަސް

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ބަންދަށް 15 ދުވަހު މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

ސިނާން އާއި އިލްހާމަށް މުއްދަތު ޖެހުމަށް މަޖިލީހަށް ހާޒިރުކޮށްފައި ވަނީ ވަކީލަކު ނެތި އެވެ. އެ ދެ މެންބަރުންގެ އިތުރުން އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފްގެ ބަންދަށް ވެސް ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.

ސިނާނާއި އިލްހާމްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އިރު އެ ދެ މެންބަރުން ހައްޔަރު ކުރި ފަހުން މާ ބޮޑު ސުވާލެއް ނުކުރާ ކަމަށް ވެއެވެ. އެ ދެ ބޭފުޅުންނަށް ވެސް ކުރަނީ ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތެވެ.

ސިނާން އާއި އިލްހާމް ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް އުޅުމަށް ފަހު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުގެ ތެރެއިންނެވެ. ނަމަވެސް އެެއަށް ފަހު ކްރިމިނަލް ކޯޓުން ދޫކޮށްލި އެވެ. އަދި އޭގެ ފަހުން އަނެއްކާ ވެސް އެ ދެ މެންބަރުން ހޯދަން ފުލުހުން އިއުލާން ކުރުމާ ގުޅިގެން ސިނާން އަމިއްލަ ފުޅަށް ފުލުހަށް ހާޒިރުވެ ވަޑައިގަތެވެވެ. އިލްހާމް ހާޒިރުވީ އޭގެ ތިން ދުވަސް ފަހުންނެވެ.