ބޮލީވުޑް

ކެޓްރީނާ ސުކޫލް ބްރޭކެއް ނަގަނީ

މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް މިހާރު އަންނަނީ ޝާރުކް ހާންގެ ކުރިއަށް އޮތް ފިލްމު "ޒީރޯ" ގެ ޝޫޓިންގައި އަވަދިނެތި އުޅެމުންނެވެ. މީގެ އިތުރުން ސަލްމާން ހާނާ ޕޫނޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ދަބަންގު ޓުއާ" ގައި ޕޯފޯމްކުރުމަށް އަންނަނީ ރިހާސަލްތައްވެސް ކުރަމުންނެވެ.

ބިޒީ ޝެޑިއުލެއްގައި އުޅެމުންދާ ކެޓްރީނާ މި މަހު ފަހުކޮޅު އެއް ދުވަހުގެ ޗުއްޓީއެއް ނަގާނެ އެވެ. ކެޓްރީނާ އެއް ދުވަހު ޗުއްޓީ ނަގަނީ ޓެމިލް ނާޑޫގައި ހުންނަ މައުންޓެން ވިއު ސުކޫލްގައި ކިޔަވަމުންދާ ކުދިންނާއެކު ވަގުތު ހޭދަ ކުރުމަށެވެ.

އެ ސުކޫލަކީ ކެޓްރީނާގެ މަންމަ ސުޒޭނީ ޓާކޯޓް ގިނަދުވަސްތަކެއް ވަންދެން ހިއްސާއޮތް އަދި މިހާރުވެސް ކިޔަވައިދެމުން އަންނަ ސުކޫލެކެވެ. އެ ސުކޫލަކީ އިންޑިއާގައި ތަނަވަސްކަން ނެތް ކުދިންނަށް އިނގެރޭސި މީޑިއަމަށް ތައުލީމު އުގަންނައިދިނުމަށް މީގެ ތިން އަހަރު ކުރިން ރިލީފް ޕްރޮޖެކްޓް އިންޑިއާގެ ދަށުން ހިންގަން ފެށި ސުކޫލެކެވެ.

ކެޓްރީނާ އެ ސުކޫލަށް ދަނީ މަންމަގެ މަސައްކަތައް ހިތްވަރުދީ އަދި އެ ސުކޫލުގައި ކިޔަވުންދާ ކުދިންނާއި ބައްދަލުކޮށް އެ ކުދިންގެ ދެކިލުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ކުދިންނާއެކު ވަގުތު ހޭދަކުރުމަށް މުޅި ދުވަހަށް ބަހާލައިގެން އެ ދެމައިން ހަރާކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވަފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.