އިލެކްޝަންސް ކޮމިޝަން

އީސީން ނޫސްވެރިންނަށް ކޮފީ ދެނީ!

Mar 19, 2018

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރާއްޖޭގެ ނޫސްވެރިންނަށް މާދަމާ ކޮފީއެއް ދޭން ތައްޔާރުވެއްޖެ އެވެ.

އެ ކޮމިޝަނުން "ކޮފީ ވިތު މީޑިއާ" ގެ ނަމުގައި މިއަދު ހެނދުނު ހިއްސާކުރި އީމެލެއް މެދުވެރިކޮށް ބުނީ މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނާއެކު ބާއްވާ ކޮފީއަކަށް ދައުވަތު އަރުވާ ކަމަށެވެ. "ވީމާ މި ކޮފީގައި ކޮންމެ މީޑިއާއަކުން [މީޑިއާ ހައުސްއަކުން] ދެ ބޭފުޅެއް ބައިވެރިވުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް" ކަމަށެވެ.

މާދަމާ ހެނދުނު 10:00 ޖަހާއިރު ސިޓްރޯން ރެސްޓޯރެންޓްގައި ބާއްވާ އީސީގެ ކޮފީގައި ކޮމިޝަންގެ ކުރިއަށް ހުރި ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް އީމެއިލްގައި ބުނެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ދާދި ފަހުން ވަނީ ކުރިން ފެނަކައިގައި ހުންނެވި އަހުމަދު ޝަރީފު އާދަމް ހޮވާފަ އެވެ. އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު ކޮމިޝަނުން ތައްޔާރުވަމުން ދަނީ އަންނަ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށެވެ.

ކޮމިޝަނުން ނޫސްވެރިންނަށް ކޮފީއަކަށް ގޮވާލި އިރު ދާދި ފަހުން މުޒާހަރާއަށް ދާ ނޫސްވެރިންނަށް އިދިކޮޅު މުޒަހަރާގައި ހަރަކާތްތެރިވި މަޖިލި މެންބަރަކު އިއުލާންކޮށް މާސްކު ވެސް ބަހާފައި ވެއެވެ.