ހަބަރު

ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފި

ރައީސް މައުމޫން މީގެކުރިން ކުރިމިނަލް ކޯޓުން ނުކުމެވަޑައިގަންނަވަނީ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ. އެމަނިކުފާނު ކޯޓަށް ހާޒިރުކުރީ އެމަނިކުފާނު ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމަށެވެ. މިއީ ރައީސް މައުމޫން ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ އެވެ. ކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެމަނިކުފާނު ހެކި ނައްތާލަން އުޅުނު ކަމަށް ބުނެ މިހާރު ވަނީ ދައުވާ އުފުލާފަ އެވެ. ހައްޔަރުކޮށްފައިވާ މައްސަލާގެ ތަހުގީގު ނިންމައި މިހާތަނަށް ދައުވާކުރަން ފޮނުވާފައެއް ނުވެ އެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އަންނަ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނެ އެވެ. އޭގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ދަނީ އިތުކުރަމުންނެވެ.

އެގޮތުން މަޖިލިސް މެންބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދު ވަނީ އިތުރުކޮށްފަ އެވެ. މިއަދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދު މަޖިލިސް އޮންނާނެކަން ވެސް ވަނީ އަންގާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345