ދޫނިދޫ

ދޫނިދޫ ޖަލާ ގުޅޭ ކަންބޮޑުވުންތައް ހޯމް މިނިސްޓަރާ ހަމައަށް

ޖަލުގެ ހާލަތު ހޯމް މިނިސްޓަރާ ހިއްސާކުރެއްވުމަށް އިދިކޮޅުގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުން
0%
0%
0%

އިދިކޮޅު މެންބަރުންގެ ޓީމަކުން ދޫނިދޫ ޖަލުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް މިއަދު ހިއްސާކުރައްވައިފި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ހިމެނުނު ޓީމަކުން މިއަދު ހަވީރު ވަނީ މިނިސްޓަރު އަޒްލީންއާ ބައްދަލުކުރައްވައި ދޫނިދޫ ޖަލުތަކާއި ފުލުހުންނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.

ރޮޒައިނާ އަވަސްއަށް ވިދާޅުވީ، ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ ކުއްވެރިން ހައްޔަރުކޮށް ދޫނިދޫގެ ގޮޅިތައް ފުރަމުން ގެންދާއިރު އެތަންތަނަކީ އިންސާނުން ބޭތިއްބުމަށް އެކަށީގެންވާ މިންގަނޑުތަކަށް ފެތޭގޮތަށް ހުރި ތަންތަނެއް ނޫން ކަމަށެވެ. އަދި ޖަލުތަކުގައި ތިއްބެވި ބޭފުޅުންނަށް ސިއްހީ ފަރުވާ ހޯދުމާއި ސާފު ބޯފެން ހޯދުން ވަރަށް ބޮޑު ދަތިކަމަކަށް ވެފައިވާ އިރު އެ ހުރިހާ ކަމެއް މިނިސްޓަރަށް މިއަދު ކިޔައިދެއްވި ކަމަށެވެ.

ދޫނިދޫ ޖަލުތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތައް އެއްސެވުމަށްފަހު އެކަންކަން އެޗްއާރްސީއެމުން ވެސް މިނިސްޓަރުގެ ސަމާލުކަމަށް ގެނައި ކަމަށް އަޒްލީން ވިދާޅުވި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސާފު ބޯފެނުގެ މައްސަލަތައް ފަދަ ކަންކަން މިހާރު ރަނގަޅުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ ގައުމީ މަޖިލީހުގެ މެންބަރަކު ދޫނިދޫގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވަނީ ރޭ، އެބޭފުޅާ ދެންނެވި ހާލަތު ވަކި ރަނގަޅު ނޫން ކަމަށް،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލުތަކުގެ މައްސަލަތަކުގެ އިތުރަށް މުޒާހަރާތަކުގައި ފުލުހުންގެ އަމަލުތައް އާންމުންނާ މެދު ބަހައްޓާ ގޮތްތަކާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް މިނިސްޓަރަށް ދަންނަވާފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345