މާފުށީ ޖަލު

އަދީބު މާފުށި ޖަލަށް ބަދަލު ކުރަނީ

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށި ޖަލަށް މިއަދު މެންދުރުފަހު ބަދަލު ކުރަން ނިންމާފައިވާ ކަމަށް އަދީބުގެ އާއިލާއިން ބުނެފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު މެންދުރުފަހު އަދީބު މާފުށި ޖަލަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި އެކަން އާއިލާއަށް އަދީބު އެންގީ، އާއިލާއަށް ފޯން ކުރުމަށް ދިން ފުރުސަތެއްގައި ކަމަށެވެ. މި ކަމާ ގުޅިގެން ފުލުހުން ވެސް އަދި ކަރެކްޝަނަކުން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މީގެ ކުރިން އަދީބު ދޫނިދޫ ކަސްޓޯޑިއަލްގައި ބަހައްޓާފައި ހުރުމަށްފަހު މި މަހުގެ ދެވަނަ ދުވަހު ވެސް ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.