ދިވެހި ސިނަމާ

"މާމުއި" ގެ ކާސްޓަށް އިތުރު ތަރިންތަކެއް

ޑާކްރެއިން އެންޓަޓެއިންމަންޓުން ކުރިއަށް އޮތް ކޮމެޑީ ފިލްމު "މާމުއި" ގެ ކާސްޓަށް އިތުރު ތަރިންތަކެއް ނަގައިފި އެވެ.

ޑާކްރެއިން އިން މިދިޔަ މަހު ނޫސްވެރިންނަށް އެ ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި އިވެންޓެއްގައި ވަނީ މި ފިލްމު އިއުލާނުކޮށް، ފިލްމުގައި ފެނިގެންދާނެ ބައެއް ކާސްޓުން ވެސް ހާމަކޮށްފަ އެވެ.

އެ ތަރިންނަކީ އިސްމާއީލް ޖުމައިހް، މަރިޔަމް މަޖުދާ، ނުޒުހަތު ޝުއައިބު، މަރިއްޔާ ތެރެއްސާ، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަދި އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ.

ކާސްޓަށް މިހާރު އިތުރުކޮށްފައިވާ ތަރިންނަކީ ކުޅަދާނަ ބަތާލާއި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު، އަލީ ޝަޒްލީމް، އިބްރާހިމް އަމާން ހުސެން، މާރިއާ ތްރޭސާ، ހަމްދާން ފާރޫގް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ އެވެ. ފިލްމުގެ ކާސްޓުގައި ހިމެނޭ ހުރިހާ ތަރިން ހާމަކޮށްފައި ވަނީ ޕްރޮޑިއުސާ މުހައްމަދު އަލީ (މޮގާ) ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގަ އެވެ.

މި ފިލްމާއި ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް ޑާކްރެއިން ބޭއްވި އިވެންޓުގައި ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ބުނެފައި ވަނީ "މާމުއި މިއީ ވަރަށް ތަފާތު ކޮމެޑީ ފިލްމަަކަށް ވާނެ، މި އަހަރު ފަހުކޮޅު ނުވަތަ ހަމަ ޔަގީނުންވެސް 2019 ވަނަ އަހަރު މި ފިލްމު ރިލީޒްކުރާނަން." މެވެ.