ރައީސް މުހައްމަދު ނަޝީދު

އެސްއޯއީ ގައިދީން ކޯޓަށް ގެންނާނެ ހަމައެއް ނެތް: ނަޝީދު

ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވީޑިއޯ ކޯލްގެ ޒަރިއްޔާއިން ރައީސް ނަޝީދު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- ފައިލް ފޮޓޯ | އަވަސް
0%
0%
0%

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުން ކްރިމިނަލް ކޯޓަށް ހާޒިކުރާނެ ހަމައެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު ހިމެނިވަޑައިގަންނަވާ ގޮތުން "އެސްއޯއީ ގައިދީން" މިއަދު ކްރިިމިނަލް ކޯޓަށް ގެނައުމުގަައި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުލް ގައްޔޫމަށާއި ސަލާމަތީ ބާރުތަކަށް ގާނޫނީ އެއްވެސް ހުއްޖަތެއް އަދި ހަމައެއް ވެސް ނެތް ކަމަށެވެ.

"މިއީ އިންސާފަށް މަލާމާތްކުރުން. އެމްއެންޑީއެފާއި ޕޮލިސް ސާވިސް އިން ދެކޮޅުހަދަން ޖެހޭނެ ޣައިރުގާނޫނީ އަމުރުތަަކަށް،" ނަޝީދުު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު އިއްޔެ ކޯޓަށް ގެނެސް އެތައް ގަޑިއިރެއް ވަންދެން އެތަނުގައި ބޭންދުމުން އެކަމާ ވެސް ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ޓެރަރިޒަމްގެ ކުށްް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ވަޑައިގެންނެވުމަަށް ފަހު ފަރުވާއަކަށް ރާއްޖެއިން ބޭރަށް ފޮނުވި ފަހުން ނަޝީދު އުޅުއްވަނީ ބޭރުގަ އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345