ކްރިމިނަލް ކޯޓް

މައުމޫންގެ ވަކީލު ފައިސަލް ކޯޓަށް ހާޒިރު ކުރަނީ

Mar 21, 2018
ވަކީލް ފައިސަލް: ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފައި
0%
0%
0%

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ މުހައްމަދު ފައިސަލް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ކްރިމިނަލް ކޯޓުން ފައިސަލަށް އަންގާފައި ވަނީ މިއަދު 2:30 ގައި އެ ކޯޓަށް ހާޒިރުވުމަށެވެ. އޭނާ ހާޒިރު ކުރަނީ ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅަކާ ގުޅިގެނެވެ.

ރައީސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ތާވަލުކުރުން އެމަނިކުފާނު ކޯޓަށް ހާޒިރު ކުރުމަށް ފަހު ހަތް ގަޑިއިރު ފަހުން އަޑު އެހުން ކެންސަލް ކުރުމާ ގުޅިގެން ފައިސަލް ވަނީ އެކަމުގެ ކަންބޮޑުވުންތައް މީޑިއާއާ ހިއްސާކޮށްފަ އެވެ. އެގޮތުން އެތަށް ގަޑިއިރުތަކެއް ވަންދެއް އެމަނިކުފާނު ކޯޓުގައި ބޭންދެވި އިރު ވަކީލުންނަށް ވެސް ރައީސް މައުމޫންއާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށާއި އެއީ އެއްވެސް ހަމައަކުން ކުރި ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހެއް މިއަދުވެސް އޮވެއެވެ.

ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގައި މައުމޫންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އޭގެ އިތުރުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުއްވުމުގެ ދައުވާ ވެސް ހިމެނެ ވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345