ތިމާވެށި

ކޮކޫން މޯލްޑިވްސް ޕްލާސްޓިކް ދޫކޮށް، ތިމާވެއްޓާ ރަހުމަތްތެރި ފުޅިއަށް

Mar 22, 2018
1

ކޮކޫން މޯލްޑިވްސް އިން ޕްލާޓިކް ފުޅީގައި ފެން ބޭނުން ކުރުން ހުއްޓާލައި، ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްގެން ބޭނުންކުރަން ފަށައިފި އެވެ.

މޯލްޑިވްސް އިންސައިޑާގައިވާ ގޮތުން ތިމާވެއްޓާ ރަހުމަތްތެރިކޮށް ފެން ބަންދުކޮށްގެން ބޭނުންކުރަން ފެށުމާއެކު އެ ރިސޯޓަށް ޖަމާވާ ކުނީގެ އަދަދު ބޮޑުތަނުން މަދުވެގެންދާނެ އެވެ.

ކޮކޫން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރާމް ބޮހޯރޫ ވިދާޅުވީ އެ ރިސޯޓުން މި ބަދަލު ގެނައީ ގުދުރަތީ ގޮތުން މުއްސަނދި ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް ދިނުމުގެ ގޮތުންނެވެ.

އެ ރިސޯޓުން މިމަހުގެ ތެރޭގައި ފެށި މި ހިދުމަތް ދެނީ ފުޅި ކަނޑުން ލޮނު ނަގައިގެން އެ ފެން މީރު ފެނަށް ބަދަލުކޮށްގެންނެވެ. އަދި މި ބަދަލާއެކު އެއް ފަހަރަށްވުރެ ގިނަ ފަހަރު މި ފުޅިތައް ބޭނުން ކުރެވޭނެ އެވެ.

އިޓަލީގެ މަޝްހޫރު ޑިޒައިން ކުންފުނި ފާމްލާގޯ އިން ފަރުމާކޮށްފައިވާ ޅ. އޫކޮޅު ފިނޮޅުގައި، ކޮކޫން މޯލްޑިވްސް ހުޅުވާފައިވަނީ 2016 ވަނަ އަހަރު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސީޕްލޭންގައި 30 މިނެޓުގެ ރާސްތާގައި އޮންނަ 6.9 ހެކްޓަރުގެ މި ރިސޯޓުގައި 151 ކޮޓަރި ހުރެ އެވެ. މި ކޮޓަރިތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުދަތީ ރީތިކަން އަސްލަކަށް ބަލައިގެންނެވެ.

ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ގިނަ ރިސޯޓުތަކުން ދަނީ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލަމުންނެވެ.