ގްރީން ޓެކްސް

މިހާތަނަށް ގްރީން ފަންޑަށް 846 މިލިއަން

Jul 22, 2022
1

ގްރީން ޓެކުހުގެ ފައިސާ ޖަމާ ކުރާ "ގްރީން ފަންޑަށް" މި އަހަރުގެ މިހާތަނަށް 846 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން ގްރީން ފަންޑަށް ޖޫންގެ ނިޔަލަށް 846 މިލިއަން ރުފިޔާ ލިބުނުއިރު މިހާތަނަށް މި ފަންޑުން މިހާތަނަށް 408 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މި އަހަރުގެ ޖުލައި 21 ގެ ނިޔަލަށް ގްރީން ފަންޑުން 51.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިހާތަނަށް ގްރީން ފަންޑުން ހަރަދުކޮށްފައިވާ ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ރުއް ހިމާޔަތް ކުރުމުގެ އިތުރުން ގޮނޑުދޮއް ހިމާޔަތް ކުރުން ހިމެނެ އެވެ.

ގްރީން ފަންޑަށް މި އަހަރުގެ މިހާތަނަށް 547 މިލިއަން ރުފިޔާ ޖަމާވެފައިވެ އެވެ. ޖޫން މަހު މި ފަންޑަށް 70 މިލިއަން ރުފިޔާ ޖަމާވެފައިވެ އެވެ. މި އަހަރު ގްރީން ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާވެފައިވަނީ މާޗް މަހު އެވެ. އެ މަހު 105 މިލިއަން ރުފިޔާ މި ފަންޑަށް ޖަމާވެފައިވެ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.