ފަޒްނާ އަހުމަދު

އޯޝަން 50|6 ހަރަކާތް އިފްތިތާހު ކޮށްދެއްވައިފި

Feb 3, 2022
1
އޯޝަން 50|6 ހަރަކާތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު "އޯޝަން 50|6" ހަރަކާތް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި މިއަދު ހަވީރު މި ހަރަކާތް އިފްތިތާހްކޮށްދެއްވުމަށްފަހު މެޑަމް ފަޒްނާ ވިދާޅުވީ މި ހަރަކާތް އެންމެން ޝާމިލުވާ ގޮތަށް ކުރިއަށް ގެންދިއުމަށް އިސްކަންދެއްވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިކަމުގައި ޝާމިލުވެވޭނެ ފަރާތްތަކުގެ ބައިވެރިވުން އޮތުން މުހިއްމު ކަމުގައި ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ މިކަމަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތު ވެސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތަކަށްވާއިރު ކުޑަކުދިންނަށް މިހަރަކާތަކީ މުހިންމު ހަރަކާތެއްކަން ކިޔައިދީ އަދި ދައްކުވައިދޭން ޖެހޭ ކަމަށެވެ.

"ކަމެއް ކާމިޔާބު ވާނީ ކަމަށް ކަމޭހިތައިގެން ހިތްވަރާއެކު ކުރާ މަސައްކަތުންކަން ކުދިންނަށް އަންގައިދިނުން މުހިއްމު،" ފަސްޓްލޭޑީ ވިދާޅުވި އެވެ.

އޯޝަން 6/50 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިން އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިން އިވެންޓެކެވެ.

މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަގްވާމީ ޑައިވިން ކޮމިއުނިޓީއާއި، މެރިން ރިސާޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަގޭ ނަން

ކިހާ އެއްޗެއް މި އިވެންޓުން ތިހިރަ ޝަފުރާޒު ކަޓުވާނެބާ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345