ބޮލީވުޑް

"ހައުސްފުލް 4" ގައި އަކްޝޭއާއެކު ކްރިތީ

ޕްރޮޑިއުސާ ސާޖިދް ނަދިއާދްވާލާގެ މަޝްހޫރު ކޮމެޑީ ފިލްމު ސީރީޒް "ހައުސްފުލް" ގެ ހަތަރު ވަނަ ފިލްމުގެ ލީޑުން ފެނިގެންދާނެ ތަރިން ކަށަވަރުވެއްޖެ އެެވެ. މި ފިލްމުގެ ބަތަލަކަށް ފެނިގެންދާނީ ކުރީގެ ތިން ފިލްމުގައި ވެސް ބަތަލު އަކްޝޭ ކުމާރެވެ. އަކްޝޭއާއެކު މި ފިލްމުގައި ބަތަލާއަކަށް ފެނިގެންދާނީ ކްރިތީ ސެނޮންކަން މިހާރު ވަނީ ހާމަކޮށްފަ އެވެ.

ކްރިތީ ބުނީ، ހައުސްފުލް 4 އަށް އޭނާ ނެގުމުން ހީވަނީ ގެއަށް އެނބުރި ދެވެން އުޅޭހެނެވެ.

"މިއަދާ ހަމައަށް މި ދާއިރާގައި ކުރިއަށްދިއުމަށް ހިތްވަރުދިން. އެހެންކަމުން އަނެއްކާވެސް އޭނާގެ ފިލްމެއްގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުމާއި އަދި މިހާ މަޝްހޫރު ފްރެންޗައިޒް ފިލްމެއްގައި މަސައްކަތްކުރަން ފުރުސަތު ލިބުމުން އުފާކުރަން." މިއީ އަކްޝޭއާކު ކްރިތީ ކުޅޭ ފުރަތަމަ ފިލްމެވެ.

ކްރިތީގެ ނަން އާންމު ކުރިއިރު މި ފިލްމުގެ ކާސްޓަށް ވަނީ އިތުރު ތަރިންތަކެއްވެސް ނަގާފަ އެވެ. އޭގެ ތެރޭގައި ކުރިންވެސް މި ފިލްމު ސީރީޒްގެ ފިލްމުތަކުން ފެނިގެންދިޔަ ރިތޭޝް ދޭޝްމުކް ހިމެނެ އެވެ. ދެން އިތުރުކޮށްފައި ވަނީ ބޮބީ ޑިއޯލް އެވެ.