ސެމްސަންގް ކުންފުނިން އެންމެ ފަހުން ދުނިޔޭގެ ބާޒާރަށް ނެރުނު "އެސް9 އާއި އެސް9 ޕްލަސް" އުރީދޫ އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ބްރިޖް ވިއުއިން ޕްލެޓްފޯމްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފޯނު ތައާރަފްކޮށް ދެއްވީ ސެމްސަންގް ސްރީލަންކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕާކް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން އެވެ.
"އާތްއަވާ" ފާހަގަ ކުރުމާއެކު ބޭއްވި މި ހަފުލާގައި އުރީދޫގެ ޕްރޮޑަކްޓް މެނޭޖަރު އައިމިނަތު އަމާނީ ވިދާޅުވީ މި ފޯނުގެ ޕްރީއޯޑަރު މާދަމާ ހުޅުވާލާއިރު، ސެމްސަންގެ މި ފަހުގެ ފޯނު އަންނަ ހަފުތާ ތެރޭގައި އުރީދޫން އިން ލިބެން ހުންނާނެ ކަމަށެވެ.
އުރީދޫއިން މި ފޯނު ދޫކުރަނީ ޕޯސްޓްޕެއިންޑް ޕްލޭންގެ ދަށުންނެވެ. މި ފޯނު އަހަރު ދުވަހަށް ބަލާލައިގެން ނެގޭއިރު، ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 1999 ރުފިޔާ ދެއްކުމުން ލިބޭނެ އެވެ. އަދި މި ފޯނާއެކު އުރީދޫއިން އެއް އަހަރު ވަންދެން ކޮންމެ މަހަކު ތިން ޖީބީ ހިލޭ ޑޭޓާ ވެސް ދެ އެވެ.