ކުޅިވަރު

އެންމެ ގަދަ ލިސްޓްގައި ސަލާހްގެ ނަންހިމެނޭނެ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހްގެ ނަން ހިމެނުން ހައްގު ކަމަށް މިސްރުގެ ކޯޗް ހެކްޓާ ކޫޕާ ބުނެފި އެވެ.

ހުކުރު ދުވަހަުގެ ރޭ ޕޯޗްގަލް އާ ދެކޮޅަށް ކުޅުނު މެޗުގައި، ސަލާހް ވަނީ މިސްރަށް ލީޑް ނަަގައިދީފަ އެވެ. ނަމަވެސް ފަހުން، ޕޯޗުގަލް މެޗު ކާމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑުންނެވެ.

މިދިޔަ ހޫނު މޫސުމުގައި، ރޯމާ ދޫކޮށް، އިނިގިރޭި ވިލާތުގެ ލިވަޕުލަށް ސޮލާހް ބަދަލުވެ، އޭނާ ދަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގްގައި ލަނޑުގެ ލިސްޓްގައި އެންމެ ކުރީގައި އޮތީ ސަލާހްގެ ނަަމަވެ.

"އެއްވެސް ޝައްކެއް ނެތި އަހަރެން މި ބުނަނީ، ސޮލާހް އަކީ އަހަރެމެންގެ އެންމެ މޮޅު ކުޅުންތެރިޔާ،" އާޖެންޓީނާއަށް ނިސްބަތްވާ ކޯޗް ބުންޏެވެ. "އަހަރެން އަބަދުވެސް ބުނަން މޮޅުތި ކުޅުންތެރިންގެ ފަހަތުގައި ވަރުގަދަ ޓީމެއް އޮންނާނެ."

އަށާވިސް އަހަރުގެ މެދު ކެނޑުމަކަށްފަހު، މިސްރު ވަނީ ކުރިއަށް އޮތް ވޯލްޑްކަޕަށް ކޮލިފައި ވެފަ އެވެ. އެ ޓީމު ހިމެނެނީ މުބާރާތް ބާއްވާ ގައުމު ރަޝިއާ އާއި ސައުދީ އަރަބިއްޔާ އަދި އުރުގުއޭ އާއެކު ގުރޫޕް "އޭ" ގަ އެވެ.

ކޫޕާ ބުނީ މިސްރުގެ ޓީމު ވަރުގަދަ ޓީމަކަށް ހަދައި ދެނީ، ސަލާހްގެ މޮޅު ކުޅުމާއެކުގައި ކަަމށެވެ.

"އަހަންނަށް ހީވަނީ، ސޮލާހް އަކީ މިހާރު ދުނިޔޭގެ އެނެމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ހެން، އަހަންނަކަށް ނޭންގެ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއަށް އޭނާ ވެވޭނެކަމެއް ނަމަވެސް މިހާރު އޭނާ އެ ކުރަނީ އެކަހަލަމުހިންމު ކަމެއް."