ކުޅިވަރު

ބެކަމްގެ ޓީމަށް އަގުބޮޑު ތިން ތަރިން ގެންދަނީ

އިންގްލެންޑާއި މެންޗެސްޓާ ޔުނައިޓަޑްގެ ކުރިގެ ކެޕްޓަން ޑޭވިޑް ބެކަމް ގަނެފައިވާ ކުލަބު، މިއާމީ ފްރެންޗައިޒް އަށް އަގުބޮޑު ތިން ތަރިން ގެނައުމަށް ބެކަމް ތައްޔާރު ވެއްޖެ އެވެ.

ބެކަމްގެ ޓީމަށް ކޯޗެއްގެ ގޮތުގައި ގެނައުމަށް އޭނާ މަސައްކަތް ކުރަނީ، ޕީއެސްޖީގައި އޭނާ އަށް ކޯޗު ކޮށްދިން އިޓަލީގެ ކަލޯ އަންޗެލޯޓީ އެވެ. ބެކަމް ދެން ގެނައުމަށް ވިސްނަނީ، އޭނާ އާއެކު މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ، ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެވަޓަންގެ ވޭން ރޫނީ އެވެ.

މިއާމީ ފްރެންޗައިޒް ޓީމު އަންނަ އަހަރު އެމެރިކާގެ މޭޖާލީގް ސޮކާގައި ވާދަ ކުރުމާމެދު މާޖާ ލީގް އިންތިޒާމު ކުރާ ފަރާތްތަކާއެކު ކުރިން ވަނީ ވާހަކަ ދައްކާފަ އެވެ. ނަމަވެސް ސްޓޭޑިއަމް ރަނގަޅު ފެންވަރަކަށް މަރާމާތު ކުރުމުގެ މަސައްކަތް އަންނަ އަހަރަށް ނުނިމޭނެތީ އޭނާގެ ޓާގެޓަކީ 2020 ވަނަ އަހަރު މޭޖާ ލީގް ސޮކާގައި ވާދަ ކުރުމެވެ.

އެހާތަނަށް ވާއިރު އޭނާގެ ޓީމަން އަންޗެލޯޓީ އަންނާނެތޯ ސުވާލު އުފެދެ އެވެ. ބެލެވޭ ގޮތުގައި އަންނަ ސީޒަންގައި އަންޗެލޯޓީ ޔޫރަޕްގެ ޓީމަކާ ހަވާލު ވާނެ އެވެ. އެހެންވެއްޖެނަމަ ބެކަމްގެ ޓީމަށް އަންޗެލޯޓީ ގެނައުމަކީ ފަސޭހަ ވާނެ ކަމެއް ނޫނެވެ.

"އަހަރެން ބޭނުމީ މިއާމީގެ ޓީމަކީ މޭޖާލީގް އެންމެ ވަރުގަދަ ޓީމަށް ހަދަން." މޭޖާ ލީގްގެ އެލްއޭ ގެލެކްސީއަށް ކުރިން ކުޅެފައިވާ ބެކަމް ބުނެފައި ވެއެވެ.