ވިޔަފާރި

އަގުބޮޑު އިނާމު ތަކާއެކު ރެއިންބޯ ރޯދަ ސޭލް ފަށައިފި

Mar 26, 2018

އަގު ބޮޑު ގިނަ އިނާމު ތަކާއެކު ރެއިންބޯ އިން ރޯދަ ސޭލް ފަށައިފި އެވެ.

އިމާރާތް ކުރުމާއި ފަރުނީޗަރުގެ ވިޔަފާރިއަށް މަޝްހޫރު ކުންފުނި، ރެއިންބޯއިން ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ "ރަމަދާން ސޭލް" ގައި 500ރ. އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ. އަދި މި ސޭލް ރެއިންބޯ ލިވިން މޯލްއާއި ރެއިންބޯ ބިލްޑް ވެއާ އަދި ރެއިންބޯ ޝޮޕްގެ އިތުރުން ރެއިންބޯ ތިނަދޫ ފިހާރަ އަދި ރެއިންބޯ ސިސްޓަމްގައި ކުރިއަށްދާނެ އެވެ.

ރެއިންބޯގެ މި ސޭލްގައި ކޮންމެ ހަފުތާއަކު ވެސް ނަސީބުވެރިއެއް ހޮވާނެ އެވެ. ކޮންމެ ހަފުތާއަކު ހޮވޭ މީހަކަށް 10 މީހުން ގޮވައިގެން "ޝެލްބީންސް" އަށް ރޯދަ ވީއްލަން ދާން ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ތިން ފަރާތަކަށް ބައިލައްކަ ރުފިޔާ ލިބޭނެ އެވެ.

މި ސޭލްގައި ބައިވެރިވާން ކޫޕަން ފޮއްޓަށް ލުމުގެ އެންމެ ފަހުގެ ތާރީހަކީ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ. ސޭލްގެ ގުރުއަތު ނެގުން އޮންނާނީ ނުވައެއް ޖޫން ގަ އެވެ.

ރެއިންބޯއަކީ 1999 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ. އެ ކުންފުނީގެ ވިޔަފާރީގައި މިހާރު އިމާރާތް ކުރުމާއި ގެދޮރަށް ބޭނުންވާ ފުލް ރޭންޖް ފޯރުކޮށް ދެއެވެ. އެ ކުންފުނިން 20 އަހަރުގެ ތަޖުރިބާއާއެކު ބަދަލުވަނީ އެހެން ހަރުފަތަކަށެވެ.