ލައިފްސްޓައިލް

އިއްފަގެ އާޓް އެގްޒިބިޝަން ފަށައިިފި

ދިވެހި ޒުވާން ކުރުހުންތެރިޔާ ހުސެން އިއްފަލް (އިއްފަ) ގެ އާޓްއެގްޒިބިޝަން "އެޒުރޯކުއާ ބައި އިއްފަ" ފަށައިގެން ކުރިއަށް އެބަދެ އެވެ. މި އެގްޒިބިޝަން ކުރިއަށް ދަނީ މި މަހު 28 އާއި ހަމައަށް ނޭޝަނަލް އާޓް ގެލެރީގަ އެވެ.

މި އެގްޒިބިޝަންގައި ކަނޑު އަޑީގައި އިއްފަ ކުރަހާފައިވާ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ރަމްޒުކޮށްދޭ މި ކުރެހުންތައް ދައްކާލުން އޮންނާނެ އެވެ. މިއީ އޭޝިއާގެ އާޓިސްޓަކު އެގްޒިބިޝަނެއްގައި ކަނޑު އަޑީގައި ކުރަހާފައިވާ ކުރެހުންތަކެއް ޑިސްޕްލޭ ކުރާ ފުރަތަމަ ފަހަރެވެ.

މި އެގްޒެބިޝަންގެ މަގުސަދަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ ރީތި ފަޅުތަކާއި ފަރުތަކަށް އަންނަ ބަދަލުތައް އަންގައިދީ، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭނެ ކަންތައްތަކަށް އާންމުން ހޭލުންތެރިކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބޭރު ދުނިޔެއަށް އަންގައިދީ ރާއްޖެ އިޝްތިހާރު ކުރުމެވެ.

އެގްޒިބިޝަންއާއި ގުޅިގެން ތައްޔާރުކޮށްފައިވާ ލަވަ "ވެށި".

މި ކުރެހުންތައް ކަނޑު އަޑީގައި ކުރަހާފައިވަނީ ވ.ތިނަދޫ ބުލޫ ހޮރިޒޯން ޑައިވް ސެންޓާ ގެ އެހީތެރިކަމާއެކު އެވެ. ކުރެހުންތައް ކުރާހަފައިވަނީ ތާފަތު ކަނޑުގެ އަޑި ރީތި އަށް ސަރަހައްދެއްގަ އެވެ. އޭގެ ތެރޭގައި ވ.ކެޔޮދޫ ކައިރީ ފަރަކަށް ބީހިފާއި އޮންނަ ބޯޓުގެ ކަނޑު އަޑީގެ ކުރެހުމެއް ހިމެނެ އެވެ.

މި އެގްޒިބިޝަންގައި ތަފާތު ވީޑިއޯތައް ދައްކާލުމާއި އެގްޒިބިޝަންއާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ދިވެހި ލަވައެއް ވެސް ދައްކާލުން އޮންނާނެ އެވެ. "ވެށި" ކިޔާ މި ލަވަ ހައްދަވާއިދެއްވީ އަހްމަދު ވިޝަލް އެވެ. ވީޑިއޯތައް އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ އޯކޭޒްއިންކް އިންނެވެ.