ނުވަ މީހުންނާއެކު މަހަށް ގޮސް އުޅުނު މަސް ދޯންޏެއްގެ އިންޖީނު ހުއްޓިއްޖެ އެވެ.
ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނީ "އޮއިވާލީ" ނަމަކަށް ކިޔާ ދޯންޏެއްގެ އެވެ. އެ ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ޅ. އޮޅުވެލިފުށީގެ ހުޅަނގުން ދެ މޭލު ބޭރުންނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އޮއިވާލި ދޯނީގެ އިންޖީނު ހުއްޓުނުކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ. އަދި ދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.