ދިގުރަށުން މާލެއަށް ދަތުރުކުރި ލޯންޗަކުން ކަނޑުވި 48 މީހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ދިގުރަށުން މާލެއަށް ދަތުރު ކުރި "ހުވަން" ލޯންޗު ދިޔަވެ، އޭގެން ދަތުރުކުރި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ކަނޑުވެ އޮޔާ ދަނިކޮށް ސަލާމަތްކޮށްފައިވާ ކަމަށެވެ.
އެ ލޯންޗުން ދަތުރުކުރި އެންމެންވެސް ސަލާމަތްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ އެންމެން ދިގުރަށަށް ގެންގޮސްފައިވާ ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.