ހޮލީވުޑް

އެކުއަމޭން: އަދިވެސް ޓްރެއިލާގެ ހިލަމެއް ނުވޭ!

"އެކުއަމޭން" އަކީ މިއަހަރު ޑީސީ އިން ނެރޭނެ ކަމަށް އިއުލާނު ކޮށްފައި އޮތް ހަމައެކަނި ފިލްމެވެ.

ޖޭމްސް ވޯން ޑައިރެކްޓުކުރާ މި ފިލްމުގެ ޓްރެއިލާ އަދިވެސް ނުނިކުންނާތީ ފޭނުންނާއި ކްރިޓިކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން އެކުއަމޭން ޑީސީ އެކްސްޓެންޑެޑް ޔުނިވާސް ހަލާކު ކޮށްލައިފާނެ ކަމަށްވެސް ބައެއް ފޭނުން ދެކެވެ. އެކުއަމޭންއަކީ ޖަސްޓިސް ލީގުގައި ފޭނުންނަށް އެހާ ކަމުދާ ކެރެކްޓާއެއް ނޫނެވެ.

މިދިޔަ ހަފްތާ ބަންދަކީ އެ ފިލްމުގެ ޓްރެއިލާ ނިކުންނަން އޮތް ހަފުތާ ކަމަށް ޝޯޝަލް މީޑިއާގައި ވަރަށް ގަދަޔަށް ވާހަކަ ދެކެވުނެވެ. ނަމަވެސް ވަކި ފަރާތަކުން ޓްރެއިލާ ނެރުނަ ނުދީ ހިފަހައްޓާފައިވާ ކަމަށްވެސް ބައެއް މީހުން ވާހަކަދެއްކި އެވެ.

"އިންޓަނެޓުގައި މީހުން ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއް ދެވޭތޯ އަބަދުވެސް ބަލަން. އެކަމަކު އެކުއަމޭންގެ ޓީޒާ-ޓްރެއިލާއެއް މި ހަފްތާ ބަންދުގައި ނިކުންނަ ގޮތަކަށް އެއްއިރަކުވެސް ހަމަޖެހިފައެއް ނުވޭ. އަދި މީހަކު ޓްރެއިލާ ނެރުނަ ނުދީ ހިފަހައްޓަނީ އެއްވެސް ނޫން. ހިފަހައްޓަނީ އަހަރެން." ޖޭމްސް އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ޖޭމްސް ވޯން ކޮށްފައިވާ ޓުވީޓް.

ޖޭމްއަކީ މަޝްހޫރު ގިނަ ބިރުވެރި ފިލްމުތަކެއް ޑައިރެކްޓުކޮށްފައިވާ ޑައިރެކްޓަރެކެވެ.

"ޓްރެއިލާ ހިއްސާކުރާކަށް އަދި ތައްޔާރެއް ނޫން. މި ފިލްމުގައި ވިޒުއަލް އިފެކްޓްސް ވަރަށް ގިނަވާނެ އަދި ފެނުގެ އަޑީގައި ނަގާ މަންޒަރުތަކެއް ހުރުމުން އެއީ އެހާ ފަސޭހައިން އަވަހަށް ނެގޭނެ މަންޒަރުތަކެއް ނޫން." ޓްރެއިލާ އަދި އާންމު ނުކުރަނީ މި ސަބަބަށްޓަކައި" ޖޭމްސް ބުންޏެވެ.

މި ފިލްމުގައި ލީޑުން ފެނިގެންދާނީ ޖޭސަން މޮމޮއާ އާއި އެމްބާ ހާޑް އެވެ. އިތުރު ތަރިންގެ ތެރޭގައި ޕެޓްރިކް ވިލްސަން، ވިލެމް ޑެފޯއީ، ޔަހްޔާ އަބްދުލް މަތީން ދޭއް، ތެމޫރާ މޮރިސަން، ޑޮލްފް ލަންގްރެން އަދި ނިކޯލް ކިޑްމަން ހިމެނެ އެވެ.

ސިނަމާތަކުގައި މި ފިލްމު ދައްކަ ފަށާނީ އަންނަ ޑިސެމްބަރު މަހު 21 އިން ފަށައިގެންނެވެ.